މިމަހުގެ 7 ވަނަ ދުވަހު، އެމެރިކާގެ ގާނޫނަ ހަދާ މަޖިލިސް ކުރާގެ، ކެޕިޓަލް ހިލްއަށް، ޓަރަމްޕްއަށް ތާއީދުކުރާ ފަރާތްތަކުން ހަމަލާދީ އިމާރާތައް ގެއްލުންދީ އަދި ހިގި ހަމަނުޖެހުންތަކުގައި 5 މީހަކު މަރުވެގެން ދިއުމާގުޅިގެން އެމެރިކާގެ އެމެރިކާގެ ރައީސް މަގާމުން ދުރުކުރުމަށް ޑިމޮކްރަޓިކް ޕާޓީންނާއި އަދި ޓްރަމްޕް ނިސްބަތްވާ ރިޕަބްލިކަން ޕާޓީގެ ބައެއް މެމްބަރުންވެސް ހިމެނޭގޮތުން މަސައްކަތް ފަށައިފިއެވެ.
މިގޮތުން، އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުންކޮށްގެ، އެމެރިކާގެ ނައިބު ރައީސް މައިކް ޕެންސްގެ އިސްނެންގެވުމަށް ޓްރަމްޕް މަގާމުން ދުރު ނުކޮށްފިނަމަ، ސެނެޓަށް މައްސަލަ ހުށަހަޅުއްވައިގެން، ޓްރަމްޕް މަގާމުން ދުރުކުރުމުގެ މަސައްކަތް އަންނަ ހަފްތާގައި ފައްޓަވާނެ ކަމަށް، ސެނެޓްގެ ރައީސާ ނާންސީ ޕެލޯސީ ވަނީ ވިދާޅުވެފައެވެ.
2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ބޭއްވުނު އެމެރިކާގެ ރިޔާސީ އިންތިޚާބުގެ ނަތީޖާ ގަބޫލުނުކޮށް، އިންތިޚާބުގެ ނަތީޖާ އަބުރާލުމަށް ޓްރަމްޕް މިހާތަނަށް ވަނީ އެތައް ގޮތަކުން މަސައްކަތް ކުރައްވާފައެވެ. މިގޮތުން އިންތިޚާބީ ރައީސް ޖޯ ބައިޑްއަށް ރުހުން ދިނުމަށް މިމަހުގެ 7 ވަނަ ދުވަހު އެމެރިކާގެ ކޮންގްރެސްގައި ބޭއްވުނު ޖަލްސާއަށް ހުރަސްއެޅުމުގެ ގޮތުން މުޒާހިރާ ކުރުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. އަދި މުޒާހިރާގެ ބައިވެރިން ގާނޫނުހަދާ މަޖިލިސް ކުރާގެއަށް ހަމަލާދީފައިވަނީ، އޭނާ ހިތްވަރު ދެއްވައިގެން ކަމަށް ވިދާޅުވެ، ޓްރަމްޕްގެ ސަރުކާރުގެ އިސް އެތަކެއް ބޭފުޅުންނެއް މިހާރުވަނީ އިސްތިއުފާވެސް ދެއްވާފައެވެ.
މީގެތެރޭގައި ކެބިނެޓްގެ ވަޒީރުންނާ، ގާތް އެތަކެއް އެޑްވައިޒަރުންގެ އިތުރުން، ޓްރަމްޕަށް އެންމެ ފަހުވަގުތާ ޖެހެންދެންވެސް ތާއީދުކުރަމުން އައި އެތަކެއް ބޭފުޅުންންނެއް ހިމެނެއެވެ. މިހާތަނަށް އިސްތިއުފާ ދެއްވާފައިވާ ކެބިނެޓް ވަޒީރުންގެ ތެރޭގައި ޓްރާންސްޕޮޓު ސެކެޓްރީއާއި އަދި އެޑިއުކޭޝަން ސެކެޓްރީ ހިމެނިވަޑައިގަންނަވައެވެ.
އިތުރު ފުރުސަތެއް ނުދީ ޓްރަމްޕް މަގާމުން ދުރުކުރުމަށް މައިގަޑު ގޮތެއްގައި ގޮވާލަމުންދަނީ ބައިޑްން ނިސްބަތްވާ ޑިމޮކްރަޓިކް ޕާޓީގެ ސެނެޓަރުން ކަމުގައިވި ނަމަވެސް، ރިޕަބްލިކަން ޕާޓީގެ ގިނައަދަދެއްގެ ސެނެޓަރުންވެސް މިހާރުދަނީ މިގޮވާލުންތައް ތަކުރާރު ކުރައްވަމުންނެވެ.
"އެމެރިކާގެ މިހާރުގެ ރައީސް އެންމެ ދުވަހަކުވެސް އިތުރަށް ވެރިކަމުގައު ބަހައްޓާއިގެން ނުވާނެ،" ސެނެޓް ފެބްރުއަރީމަހު އަލަށް ހުޅުވިގެން ދާއިރު، ރިޕަބްލިކަން ޕާޓީ އެންމެ އިސްކޮށް ތަމްސީލުކުރުމަށް ޖަމަޖެހިފައިވާ ޝޫމާ ވިދާޅުވިއެވެ.
އޭނާވަނީ، އެމެރިކާގެ ގާނޫނު އަސާސީގެ 25 ވަނަ މާއްދާއިން ލިބިދޭ ބާރުގެ ބޭނުން ކޮށްގެން ޓްރަމްޕް މަގާމުން ދުރުކުރުމަށް ގޮވާލައްވާފައެވެ. މިމާއްދާގައި ބުނަނީ، އެމެރިކާގެ ރައީސްގެ ނަފްސާނީ ނުވަތަ ޖިސްމާނީ ހާލަތުގެ ސަބަބުން މަގާމުގެ ވާޖިބްތައް އަދާ ކުރުމަށް ނުކުޅެދިއްޖެނަމަ، ނައިބް ރައީސް ޒިންމާތަކާ ހަވާލުވާނެ ގޮތުގެ ވާހަކަތަކެވެ.
މިމާއްދާގައިވާ ގޮތުން، ނާއިބް ރައީސް ޕެންސް މިކަމަށް އިސްނަންގަވާ އަދި ކެބިނެޓް 8 ވަޒީރަކު ޕެންސްއާއި ގުޅިވަޑައިގެން ޓްރަމްޕާއި ދެކޮޅަށް ތެޖުވެއްޖެ ނަަމަ، ޓްރަމްޕް މަގާމުން ދުރުކުރުމުގެ ފުރުސަތު ލިބިގެންދެއެވެ. އެހެންނަމަވެސް، ބެލެވިފައިވަނީ މިއީ ވުމަށްވުރެ ނުވުން ގާތްކަމެއްގެ ގޮތުގައެވެ.
ޓްރަމްޕް މަގާމުން ދުރުކުރުމުގެ އަޑުތައް ގަދަވަމުން ދާއިރު، ޓްރަމްޕްވަނީ، ބައިޑްން ހުވާކުރައްވާ ރަސްމިއްޔާތަށް ވަޑައި ނުގަންނަވާނެކަންވެސް އިއުލާން ކުރައްވާފައެވެ. ޓްރަމްޕް މިކަން ހާމަކޮށްފައިވަނީ އޭނާ ކުރެއްވި ޓުވީޓެއްގަ އެވެ.
ސަގާފީގޮތުން، އެމެރިކާގެ އޮފީސް ދޫކުރައްވާ ކޮންމެ ރައީސަކުވެސް، އާ ރައީސް ހުވާކުރައްވާ ދުވަހުގެ ހެދުނު، ވައިޓް ހައުސްއިން އިންތިޚާބީ ރައީސަށް މަރުހަބާ ވިދާޅުވެއެވެ. އަދި މަގާމުގެ ހުވާ ކުރެއްވުމަށްޓަކާ، ކެޕިޓަލް ހިލްއަށް ވައިޓް ހައުސްއިން ދަތުރުކޮށް ކޮށްފައި ދެބޭފުޅުންވެސް ވަޑައިގަންނަވަނީ އެކީގައެވެ. މީގެ 4 އަހަރުކުރިން ޓްރަމްޕްވެސް ވަނީ، އޭރުގެ ރައީސް އޮބާމާއާއެކު، ހުވާކުރެއްވުމަށްޓަކާ ވައިޓް ހައުސްއިން ކެޕިޓަލްއަށް އެއްކާރެއްގައި ދަތުރު ކުރައްވާފައެވެ.
އެންމެ ފަހުން އެމެރިކާގެ ރައީސަކު، އަލަށް ހުވާކުރައްވާ ރައީސެއްގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތެއްގައި ބައިވެރި ވެވަޑައިގެންފައި ނުވަނީ 1869 ވަނަ އަހަރުއެވެ. އެއަހަރު، އަލަށް އިންތިޚާބުވި ރައީސް އުލީސެސް އެސް ގްރާންޓް ވަނީ، ވައިޓްހައުސް ދޫކުރައްވާ ވަޑައިންނަވާ ރައީސް ޖޯންސަން ޖޯންސަން އާއެކު އެއްއުޅަދެއްގައި ހުވާ ކުރައްވަން ވަޑައިގަންނަވަން ދެކޮޅު ހައްދަވާފައެވެ. ނަތީޖާއެއްގެ ގޮތުން ޖޯންސަން ޖޯންސަން ހުވާކުރެއްވުމުގެ ރަސްމިއްޔާތު ބެއްލެވީ ވައިޓްހައުސްގައި އިންނަވާގެންނެވެ.