ޖުޑީޝަލް ސަރވިސް ކޮމިޝަނުން ސުލޫކީ މައްސަލަތަކެއް ތަހުގީގު ކުރަމުން ދަނިކޮށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް މަގާމުން އިސްތިއުފާ ދެއްވައިފިއެވެ. އެކަމަކު އިސްތިއުފާ ދެއްވި ސަބަބެއް ހައިކޯޓުން ހާމައެއް ނުކުރެއެވެ.
ހައިކޯޓުގެ 11 ފަނޑިޔާރުންގެ ތެރެއިން ފަސް ފަނޑިޔާރެއްގެ މައްސަލަތައް ޖޭއެސްސީން ވަނީ ބަލަން ފަށާފައެވެ. އެގޮތުން މުހައްމަދު ފައިސަލްގެ އިތުރުން މުހައްމަދު ނިޔާޒް، ހުސެއިން މަޒީދު، ފާތިމަތު ފަރުހީޒާ އަދި ދީބާނާޒް ފަހުމީގެ މައްސަލަތައް ތަހުގީގު ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެއެވެ.
ނަމަވެސް އެ ތަހުގީގުތަކުގެ ތަފްސީލެއް ޖޭއެސްސީއަކުން އަދި ހާމައެއް ނުކުރެއެވެ.
ކޮމެންޓު ފޮނުވާ