ރާއްޖޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމު ހަރުދަނާކޮށް ދެމެހެއްޓެނިވި މާހައުލެއް ބިނާކުރުމަށް ފިޔަވަޅު އެޅުމުގެ ގޮތުން "މަގޭ ސާފު ރާއްޖެ ގައުމީ ކޮންފަރެންސް" ލ. ގަމުގައި ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި މަހުގެ 24 ވަނަ ދުވަހުން 26 ވަނަ ދުވަހުގެ ނިޔަލަށް ބާއްވާ މި ކޮންފަރެންސްގައި ސަރުކާރުގެ އިސްވެރިންނާއި ދާއިރާގެ ތަޖުރިބާކާރުން ބައިވެރިވާނެއެވެ.
ޓުއަރިޒަމް އެންޑް އެންވައިރަންމެންޓް މިނިސްޓްރީން ބުނީ މި ކޮންފަރެންސްގެ މައިގަނޑު މަގުސަދަކީ ކުނި މެނޭޖްކުރުމުގެ ދާއިރާއިން ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައި، މި ދާއިރާގައި ކުރިއެރުންތައް ހޯދުމަށް މަޝްވަރާކުރުން ކަމަށެވެ. ބައިވެރިންގެ މެދުގައި ހިޔާލު ބަދަލުކޮށް ރާއްޖެއަށް ފައިދާހުރި ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް މަސައްކަތްކުރާނެއެވެ.
މިނިސްޓްރީން ފާހަގަކުރި ގޮތުގައި، މި ކޮންފަރެންސްއަކީ ސާފުތާހިރު ރާއްޖެއެއް ބިނާކުރުމަށް ކުރެވޭ ޤައުމީ މަސައްކަތުގެ މުހިންމު ބައެއް ކަމަށާއި، ރާއްޖޭގެ މުސްތަގުބަލަށްޓަކައި ސާފުތާހިރުކަން ކަށަވަރުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ