މާލެ ސިޓީން ކުއްޔަށް ދީފައިވާ ތަންތަނުގެ ލިސްޓު އާންމުކޮށްފި

މާލެ ސިޓީން ކުއްޔަށް ދީފައިވާ ތަންތަނުގެ ލިސްޓު އާންމުކޮށްފި

Author
ހުސައިން
20 ނޮވެމްބަރ 2025 09:38
0

މާލެ ސިޓީ ކައުންސިލުން މާލެ އާއި ވިލިމާލެއިން ކުއްޔަށް ދޫކޮށްފައިވާ ތަންތަނުގެ ތަފުސީލު ހިމެނޭ ލިސްޓުތަކެއް މިއަދު އާންމުކޮށްފި އެވެ. ކުއްޔަށް ދީފައިވާ ތަންތަނުގެ ދަފުތަރެއް ބެލެހެއްޓުމަކީ ކައުންސިލުގެ ގާނޫނީ ޒިންމާއެއް ކަމަށްވާތީ މި ލިސްޓުތައް އާންމު ކުރީ ކަމަށް ކައުންސިލުން ބުންޏެވެ.

އާންމު ކުރި ލިސްޓުތަކުގައި ފްލެޓުތަކާއި ޕާކިން ލޮޓުތަކާއި ވިޔަފާރީގެ ބޭނުމަށް ދޫކޮށްފައިވާ ތަންތަނާއި ލޯކަލް މާރުކޭޓުގެ ގޮޅިތަކާއި ފައްތިޔާތަކުގެ ތަފުސީލު ހިމެނެ އެވެ. މާލެ އާއި ވިލިމާލެއިން 162 ފްލެޓާއި، 157 ބިމާއި، 379 މާރުކޭޓު ގޮޅި އަދި 460 އަށްވުރެ ގިނަ ފައްތިޔާ ކުއްޔަށް ދީފައިވާ ކަމަށް ލިސްޓުތަކުން ދައްކައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.