އެމް.އެން.ޔޫއާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމު ކުރިއަރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

އެމް.އެން.ޔޫއާއި ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމު ކުރިއަރުވުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފި

Author
ޙަސަން މުޙައްމަދު
20 ނޮވެމްބަރ 2025 01:03
0

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވާސިޓީ (އެމް.އެން.ޔޫ) އާއި އޮސްޓްރޭލިޔާގެ ކަރޓިން ޔުނިވާސިޓީއާ ދެމެދު މަތީތަޢުލީމީ ދާއިރާ ކުރިއެރުވުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެމް.އެން.ޔޫގެ ވައިސް ޗާންސެލަރ ޑރ. އާއިޝަތު ޝެހެނާޒް އާދަމާއި ކަރޓިން ޔުނިވާސިޓީގެ ޕްރޮފެސަރ ޝިއޯޓިއަން ޒްޖަންގއެވެ. މި އެއްބަސްވުމުގެ ދަށުން ދެ ޔުނިވާސިޓީން ގުޅިގެން ޢިލްމީ ދިރާސާތައް ކުރިއަށް ގެންދިއުމާއި ކަލްޗަރަލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި އިންޓަރންޝިޕްގެ ފުރުޞަތުތައް ދަރިވަރުންނަށް ފަހިކޮށްދިނުމަށް ހަމަޖެހިފައިވެއެވެ. މި އެއްބަސްވުމުގެ މަޤްޞަދަކީ ދަރިވަރުންގެ ހުނަރުވެރިކަން އިތުރުކޮށް ފެންވަރު ރަނގަޅު މަތީތަޢުލީމު ފޯރުކޮށްދިނުމެވެ. މި އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖެއަށް ކަނޑައަޅާފައިވާ އޮސްޓްރޭލިޔާގެ ހައި ކޮމިޝަނަރު ހިޒް އެކްސެލެންސީ ޑޭވިޑް ޖެސްއަޕް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.