އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް 573 ފަރާތަކަށް ލޯނު ދޫކޮށްފި

އެސްއެމްއީ ޑިޖިޓަލް އިން މިހާތަނަށް 573 ފަރާތަކަށް ލޯނު ދޫކޮށްފި

Author
ޙަސަން މުޙައްމަދު
15 ނޮވެމްބަރ 2025 06:35
0

އެސްއެމްއީ ޑިޖިޓަލް އިން މިދިޔަ އަހަރުގެ ޖަނަވަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މިއަހަރުގެ މިހާތަނަށް ޖުމްލަ 573 ފަރާތަކަށް ލޯނު ދޫކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

މި މުއްދަތުގެ ތެރޭގައި ދޫކޮށްފައިވާ ލޯނުގެ ޖުމްލަ އަދަދު 335,524,928 (ތިންސަތޭކަ ތިރީސް ފަސްމިލިޔަން ފަސްލައްކަ ސައުވީސް ހާސް ނުވަސަތޭކަ އަށާވީސް ރުފިޔާ) އަށް އަރައެވެ.

އެސްއެމްއީ ޑިޖިޓަލްގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރާއި މި އަހަރުގެ ތެރޭގައި ލޯނު ދޫކޮށްފައިވާ މިންވަރު ވަނީ ވަކިވަކިން ހާމަކޮށްފައެވެ. މިގޮތުން، މި އަހަރުގެ މިހާތަނަށް 223 ފަރާތަކަށް ވަނީ ޖުމްލަ 117,843,773 (ސަތޭކަ ސަތާރަ މިލިޔަން އަށްލައްކަ ސާޅީސް ތިންހާސް ހަތްސަތޭކަ ހައްދިހަ ތިން ރުފިޔާ) ދޫކޮށްފައެވެ. އަދި މިދިޔަ އަހަރު އެ ކުންފުނިން ވަނީ 350 ފަރާތަކަށް ޖުމްލަ 217,681,155 (ދުއިސައްތަ ސަތާރަ މިލިޔަން ހަލައްކަ އަށްޑިހަ އެއްހާސް އެއްސަތޭކަ ފަންސާސްފަސް ރުފިޔާ) ދޫކޮށްފައެވެ.

އަހަރުގެ މިހާތަނަށް އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އެސްއެމްއީ ޑިޖިޓަލުން ދޫކޮށްފައިވާ 117 މިލިޔަން ރުފިޔާގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ދޫކޮށްފައިވަނީ ރަށު ފަތުރު ލޯނު ސްކީމުގެ ދަށުންނެވެ. މިއީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް އެހީތެރިވެދިނުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތްތަކުގެ މުހިންމު ހިއްސާއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.