ފުވައްމުލަކުގައި މިހާރު ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެނެއް: މިނިސްޓްރީ

ފުވައްމުލަކުގައި މިހާރު ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެނެއް: މިނިސްޓްރީ

Author
ހުސައިން
14 ނޮވެމްބަރ 2025 11:06
0

ފުވައްމުލަކުގައި މިހާރު ދޫކުރާ ފެނަކީ ބޯން ރައްކާތެރި ފެން ކަަމަށް ހެލްތު މިނިސްޓްރީން ބުނެފި އެވެ.

ހެލްތު މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުުނީ ފުވައްމުލަކުގެ ފެނުގެ މައްސަލައާ ގުޅިގެން އެ ސިޓީގެ އެކި ސަރަހައްދުތަކުން ފެނުގެ ސާމްޕަލް ނައި ތަހުލީލުކޮށްފައިވާ ކަމަށެވެ. ތަހުލީލުތަކުގެ ނަތިޖާ ދައްކާ ގޮތުން ފުވައްމުލަކަށް މިހާރު ދޫކުރަމުން އަންނަ ސަޕްލައި ފެނަކީ ޑަބްލިއެޗްއޯގެ ބޯ ފެނުގެ މިންގަނޑަށް ފެތޭ ފެނެއް ކަމަށްވެސް ބުންޏެވެ.

ފުވައްމުލަކުގެ ފެނަަށް ދިމާވި މައްސަލަ ހައްލުކޮށް އަލުން ފެން ދޫކުރަން ފެށީ އިއްޔެގެ ވަގުތެއްގައެވެ.

ފެން ދޫކުރަން ފެށުމާ ގުޅިގެން ފުވައްމުލަކު ސިޓީ ކައުންސިލުން ރޭ ނެރުނު ބަޔާނެއްގައި ބުނީ ފެނަކައިން މިހާރު ދޫކުރާ ފެނުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައު އެ ސިޓީގެ މޭޔަރާއި ކައުންސިލަރުން، ފެނަކަ އިން ފެން އުފައްދާ ފެން ޕްލާންޓަށް ޒިޔާރަތްކޮށް ފެނުގެ ރައްކާތެރިކަމާ މެދު ފެނަކައިގެ އިސް ފަރާތްތަކާއި ބައްދަލުކޮށް މައުލޫމާތު ސާފުކޮށްފައިވާ ކަމަށެވެ. އެކަމަކު މިހާރު ދޫކުރާ ފެނަކީ ރައްކާތެރި ފެންކަން ޔަގީންވާ ފަދަ ޓެސްޓުތަކުގެ ނަތީޖާ މިހާތަނަށް ލިބިފައި ނުވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.

އެހެންވެ އެ ޓެސްޓުތަކުގެ ނަތީޖާ ލިބި ފެނުގެ ރައްކާތެރިކަން ފުރިހަމައަށް ކަށަވަރުވަންދެން އާންމު ބޭނުމަށް ފެން ދޫނުކުރުމަށް ކައުންސިލުން އެދިފައިވެ އެވެ. ހެލްތު މިނިސްޓްރީގެ ބަޔާނަށްފަހު ފުވައްމުލަކު ސިޓީ ކައުންސިލުންވެސް ވަނީ ފެނުގެ ރައްކާތެރިކަމުގެ ކަށަވަރުކަން ލިބިފައިވާ ކަމަށް ބުނެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.