ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ފުރަތަމަ ދެ އަހަރުގެ ކާމިޔާބީތައް ފާހަގަކުރުމަށް މިރޭ ޕީއެންސީން އާޓިފިޝަލް ބީޗްގައި ބާއްވި ޖަލްސާގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެއްޖެއެވެ.
މިރޭ 8:30 ގައި ފެށި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިއީ ރާއްޖޭގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާ ސިޔާސީ ހަރަކާތްކަމަށާއި މި ޖަލްސާގައި 13،000 މީހުން ބައިވެރިވަމުންދާ ކަމަށެވެ. މި ޖަލްސާއަށް ހާޒިރުވީ މީހުން ގިނަވުމުގެ ސަބަބުން ބައެއް މީހުން ހެންވޭރު ދަނޑުގެ ސަރަހައްދުގައި ވެސް ތިބެފައި ވެއެވެ.
މި ޖަލްސާގައި ރައީސްގެ ދެކަނބަލުން، ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފާއި ސަރުކާރުގެ އިސްވެރިންނާއި ޕީއެންސީގެ މަޖިލިސް މެންބަރުން ބައިވެރިވެވަޑައިގެންފައިވެއެވެ. މީގެ ކުރިން ރާއްޖޭގައި އެންމެ ބޮޑު ސިޔާސީ ހަރަކާތްތައް ބާއްވާފައިވަނީ އެމްޑީޕީންނެވެ. އެގޮތުން 2018 ވަނަ އަހަރު އިނގިރޭސިވިލާތުން ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖެ ވަޑައިގަތުމުން މަރުހަބާ ދެންނެވުމަށް ބޭއްވި ހަރަކާތުގައި އާދަޔާ ޚިލާފް އަދަދަކަށް ގިނަ އަދަދެއްގެ މީހުން މީހުން ބައިވެރިވެފައިވެއެވެ.
ކޮމެންޓު ފޮނުވާ