ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރާ ބޮޑު ޖަލްސާ ގިނަ އަދަދެއްގެ މީހުންނާއެކު ފަށައިފި

ރައީސް މުއިއްޒުގެ ސަރުކާރަށް ދެ އަހަރު ފުރުން ފާހަގަކުރާ ބޮޑު ޖަލްސާ ގިނަ އަދަދެއްގެ މީހުންނާއެކު ފަށައިފި

Author
ޙަސަން މުޙައްމަދު
14 ނޮވެމްބަރ 2025 09:33
0

މި ސަރުކާރަށް ދެ އަހަރު ފުރުމާ ގުޅިގެން ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ބޮޑު ޖަލްސާ ފަށައިފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވާ މި ޖަލްސާއަށް ރާއްޖޭގެ އުތުރާއި ދެކުނުން ފްލައިޓް ޗާޓާކޮށްގެން ވެސް ގިނަ އަދަދެއްގެ މީހުން ހާޒިރު ވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވަނީ ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރައްވައިފައެވެ. އައިވީއެފް އަދި އައިޔޫއައި ފަރުވާގެ އާސަންދަ ފުޅާކުރެއްވުމާއި، ސަރުކާރުގެ ހަރަދުގައި ބޯންމެރޯ ޓްރާންސްޕްލާންޓް ކާމިޔާބުކަމާއެކު ކުރެއްވުމުގެ ސަބަބުން 19 ކުދިން މިހާރު ރިކަވަރީގައި ތިބިކަމަށާއި، 10 ކުދިން އެ ފަރުވާއަށް ބޭރަށް ގޮސްފައިވާކަން ހީނާ ފާހަގަކުރެއްވިއެވެ. އަދި ރައީސް މުއިއްޒު ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ވަޑައިގެން ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވަމުން ގެންދަވާކަމަށާއި، މިކަހަލަ ބައްދަލުވުން މީގެ ކުރިން އެއްވެސް ރައީސަކަށް ބޭއްވިފައި ނުވާކަން ހީނާ ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.