ކަރަންކާމަގުން 66 ބިދޭސީއަކު ހައްޔަރުކޮށްފި

ކަރަންކާމަގުން 66 ބިދޭސީއަކު ހައްޔަރުކޮށްފި

Author
ހުސައިން
13 ނޮވެމްބަރ 2025 04:23
0

ބިދޭސީން ގިނައިން ވިޔަފާރީގެ ހަރަކާތްތަކުގައި ޝާމިލުވާ ކަރަންކާމަގާއި އެ ސަރަހައްދުގައި، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް އިމިގްރޭޝަނުން ރޭގެ ވަގުތެއްގައި ހާއްސަ އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި އޮޕަރޭޝަންގައި ކަރަންކާމަގާއި އެ މަގާ ގުޅިފައިވާ ގޯޅިތަކާއި ސަރަހައްދުތައް ހިމަނައިގެން، އިމިގްރޭޝަންގެ ޓާސްކްފޯސްއިން ޖުމްލަ 347 ބިދޭސީއަކު ޗެކްކޮށްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއްވައެވެ. އޮޕަރޭޝަންގައި ގަވާއިދާ ހިލާފަށް ރާއްޖޭގައި ތިބި 66 ބިދޭސީއަކު ފާހަގަކުރެވިފައިވާއިރު، އެ ފަރާތްތައް ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.

ކަރަންކާ ސަރަހައްދަކީ ގިނަ އަދަދެއްގެ ބިދޭސީން ވިޔަފާރީގެ ހަރަކާތްތަކުގައި އުޅޭ ސަރަހައްދެއްގެ ގޮތުގައި މި އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ފާހަގަކުރެވިފައިވާތީ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.