ފުވައްމުލަކު ފެނުގެ މައްސަލަ ރަގަޅު ނުވެ، ފެން ޕްލާންޓު ދޮށުގައި މުޒާހިރާ ކޮށްފި

ފުވައްމުލަކު ފެނުގެ މައްސަލަ ރަގަޅު ނުވެ، ފެން ޕްލާންޓު ދޮށުގައި މުޒާހިރާ ކޮށްފި

Author
ހުސެއިން
12 ނޮވެމްބަރ 2025 10:42
0

ފުވައްމުލައް ސިޓީގެ ފެނުގެ މައްސަލަ ހައްލުނުވެ ދިގުލައިގެން ދިޔުމުން ރައްޔިތުން މިއަދު ހަވީރާއި މިރޭ މުޒާހިރާ ކޮށްފިއެވެ. މިދިޔަ ހޯމަ ދުވަހުން ފެށިގެން ދިމާވެފައިވާ މި ފެނުގެ މައްސަލައިގައި ސަރުކާރުން ވިދާޅުވި ވަގުތުތަކަށް ވެސް ފެން ނުލިބި، އާންމުންގެ ކެތްތެރިކަން ކޮޅުންލާން ފެށި ކަމަށް މުޒާހަރާ ކުރާ މީހުން ބުނެއެވެ.

ފެން ޕްލާންޓު ދޮށަށް އެއްވި ރައްޔިތުން ބުނީ އެންމެ އަސާސީ ހިދުމަތުން މަހުރޫމުވެ ހާލުގައި ޖެހިފައިވާއިރު ސަރުކާރުން އެކަށީގެންވާ އަޅާލުމެއް ނުދޭ ކަމަށެވެ. މި މައްސަލަ ހައްލުކުރަން ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށް ބުނެ، މުޒާހިރާ ކުރި ބައެއް ފަރާތްތަކުން ވަނީ ރައީސް ޑރ. މުއިއްޒުގެ އިސްތިއުފާއަށްވެސް ގޮވާފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު މީގެ ކުރިން ވިދާޅުވީ ފެނަކައިން ދަނީ އެޗްޕީއޭ އާއި އެމްއެފްޑީއޭގެ ލަފަޔާއެކު ޕައިޕްލައިން ސާފުކޮށް ތާނގިތައް ދޮވެ އަލުން ފެން އުފައްދަން ފަށާފައިވާ ކަމަށާއި، ފެންފުޅީގެ ގިނަ އަދަދެއްގެ ކޭސް ވައިގެ މަގުން ފުވައްމުލަކަށް ފޮނުވާފައިވާ ކަމަށެވެ. ނަމަވެސް މައްސަލައަށް އަދިވެސް ދާއިމީ ހައްލެއް ނުލިބުމުން ރައްޔިތުންގެ ކަންބޮޑުވުންތައް ދަނީ ބޮޑުވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

މ މާހިރު
އެމްޑީޕީ ވެރިކަމުގައިވެސް ފުވައްމުލަކު ފެން ނެޓްވޯކްގައި މައްސަލަ ވަނީ ޖެހިފައި. ލީކުވަމުންދިޔަ- އެއްޕްލާންޓް ހުރީ ހަލާކުވެފައި - އެދުވަސްވަރުވެސް ފޮޓޯއަށާ ސޯޝަލްމީޑިއާއަށް ދެއްކުމަށް މިގޮތައް އިދޮކޮޅުމީހުން މުޒާހަރާކޮށްނަހަދާ- ތިތާ ވަޒީފާގައި އިސްކޮށް މިހާރުވެސް ތިބީ އެމްޑީޕީގެ އެކްޓިވިސްޓުން