ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހަވީރު ކ. ގުޅީގައި ވަޑައިގެންފިއެވެ. އެރަށުގެ ރައްޔިތުން ވަނީ ރައީސް މުއިއްޒުއަށް ހޫނު މަރުހަބާ ކިޔާފައެވެ.
މި ދަތުރުފުޅުގައި ރައީސް އެ ރަށުގައި ކުރިއަށްދިޔަ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ނިމިފައިވާކަން ފާހަގަކުރައްވައިފައިވެއެވެ. އެ މަސައްކަތުގެ އިތުރުން ގުޅި ބަނދަރު ތަރައްޤީކުރުމުގެ މުހިއްމު މަޝްރޫއުވެސް ރައީސް މިއަދު ރަސްމީކޮށް ފައްޓަވައިދެއްވައިފައިވެއެވެ.
މި މަޝްރޫއުތަކުގެ ސަބަބުން ގުޅި ރައްޔިތުންނަށް ރަށުގެ ތަރައްޤީގައި ބޮޑެތި ފަހިކަންތައްތައް ލިބިގެންދާނެއެވެ.
ކޮމެންޓު ފޮނުވާ