ތަފްސީލުތައް ހިމަނައިގެން ފާއިތުވި ސަރުކާރުތަކުގެ ބަޖެޓުތައް ވީ ފެއިލް: ފިނޭންސް މިނިސްޓަރު

ތަފްސީލުތައް ހިމަނައިގެން ފާއިތުވި ސަރުކާރުތަކުގެ ބަޖެޓުތައް ވީ ފެއިލް: ފިނޭންސް މިނިސްޓަރު

Author
ހުސައިން
10 ނޮވެމްބަރ 2025 08:50
0

އަންނަ އަހަރަށް ހުށަހެޅި 64.3 ބިލިއަން ރުފިޔާގެ ބަޖެޓުގައި މަޝްރޫއުތަކުގެ ވަކިވަކި ތަފްސީލް ނެތުމާ ގުޅިގެން އިދިކޮޅު އެމްޑީޕީއާއި އޮޑިޓާ ޖެނެރަލް ކަންބޮޑުވުން ފާޅުކުރި ނަމަވެސް، ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މީގެކުރިން ބަޖެޓުގައި ތަފްސީލް ހިމަނައިގެން ހުށަހެޅި ނަމަވެސް އެއިން ބޭނުމެއް ނުކުރެވޭ ކަމުގައެވެ.

ބަޖެޓް ކޮމިޓީއަށް މައުލޫމާތު ދެއްވަމުން ޒަމީރު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން މި ބުނަނީ ހޮސްޕިޓަލެއް އެޅުމަށް 2 މިލިއަން، ބަނދަރެއް އެޅުމަށް 4 މިލިއަން ހަމަ މިހެން ޖަހައިގެން ތަފްސީލުކޮށް ލިޔެފައި އޮތް ނަމަވެސް އެދެވޭ ނަތީޖާއެއް ނުފެނޭކަމަށެވެ. އެހެންކަމުން މިފަހަރު ސީދާ މަޝްރޫއުތަކަށް ހަރަދުކުރެވޭނެ ގޮތަށް ބަޖެޓު ތައްޔާރުކޮށް، ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ނުޖެހޭނެ ކަމަށާއި މަޝްރޫއުތައް ހުއްޓުމެއްނެތި ކުރިއަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ވިދާޅުވީ އަންނަ އަހަރު 600 މިލިއަން ޑޮލަރު ދެއްކުމަކީ އެންމެ ބޮޑު ޗެލެންޖް ކަމަށާއި ރައީސް މުއިއްޒު ދަތުރުތައް ކުރައްވައިގެން ދަރަނީގެ ވަގުތީ ލުއެއް ހޯއްދަވައިދެއްވާފައިވާކަމަށެވެ. އަދި ރައީސް ސީދާ ރަށްރަށަށް ވަޑައިގެން ރައްޔިތުންނަށް ބޭނުންވާ މަޝްރޫއުތައް ހާއްސަކޮށް ކުރިއަށްގެންދިއުމުގެ ސަގާފަތެއް ގާއިމުކުރައްވާފައިވާކަމަށާއި ބަޖެޓު ރާއްޖޭގެ އާމްދަނީއަށް ބަލައިގެން ސްޓްރީމްލައިން ކުރެއްވިކަމަށް ޒަމީރު ފާހަގަކުރެއްވިއެވެ. މި އަހަރުގެ ބަޖެޓުން 9.3 ބިލިއަން ރުފިޔާ އުމްރާނީ ތަރައްގީއަށް ކަނޑައަޅާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.