އެމްއެންޔޫގެ 2026 ފެބްރުއަރީ ސެމެސްޓަރަށް އެޕްލިކޭޝަނަށް ހުޅުވާލައިފި

އެމްއެންޔޫގެ 2026 ފެބްރުއަރީ ސެމެސްޓަރަށް އެޕްލިކޭޝަނަށް ހުޅުވާލައިފި

Author
ހުސައިން
09 ނޮވެމްބަރ 2025 02:19
0

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީން 2026 ވަނަ އަހަރުގެ ފެބްރުއަރީ ސެމެސްޓަރަށް ދަރިވަރުން ނެގުމުގެ ޕްރޮސެސް މި މަހުގެ 6 ވަނަ ދުވަހު ހަވީރު 6:00 ގައި ފަށައިފިއެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ މުއްދަތު އަންނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހުގެ މެންދުރުފަހު 2:00 ގައި ހަމަވާނެއެވެ.

މި ފަހަރު ހުޅުވާލާފައިވަނީ ތަފާތު ދާއިރާތަކުން ގިނަ ބަޔަކަށް ފުރުޞަތު ހުޅުވާލާ ކޯސްތަކެކެވެ. އޭގެ ތެރޭގައި ޑޮކްޓަރ އޮފް މެޑިސިން، ބެޗްލަރ އޮފް ނަރސިންގ، މާސްޓަރ އޮފް ސައިންސް އިން ކްލިނިކަލް ސައިކޮލޮޖީ، ބެޗްލަރ އޮފް އާކިޓެކްޗަރަލް ޑިޒައިން، ބެޗްލަރ އޮފް ސައިކޮލޮޖީ، ބެޗްލަރ އޮފް މެޑިކަލް ލެބޯރަޓަރީ ސައިންސް، އަދި އެޑްވާންސްޑް ސެޓްފިކެޓް އިން ނަރސިންގ ފަދަ ޚާއްޞަ ކޯސްތައް ހިމެނެއެވެ.

އެޕްލިކޭޝަން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން އެމްއެންޔޫގެ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލައި ކުރެވޭނެއެވެ. ހުށަހަޅާ ލިޔުންތައް ހުންނަންވާނީ ޕީޑީއެފް ފޯމެޓުގައި ސާފުކޮށް ސްކޭން ކުރެވިފައި، އެއް ފައިލެއްގެ ގޮތުގައެވެ. ކޯސްތަކުގެ ތަފްސީލީ މައުލޫމާތާއި ޝަރުތުތައް އެމްއެންޔޫގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ. ހޮވުނު ފަރާތްތަކަށް ލިޔުން ދޫކުރާނީ ޖެނުއަރީ 26 ގެ ފަހުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.