ޚާއްސަ އިގްތިސާދީ ސަރަހައްދުން ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރި ދެ ބޯޓު ހިފަހައްޓައިފި

ޚާއްސަ އިގްތިސާދީ ސަރަހައްދުން ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރި ދެ ބޯޓު ހިފަހައްޓައިފި

Author
ޙަސަން މުޙައްމަދު
07 ނޮވެމްބަރ 2025 09:57
0

ދިވެހިރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދުގައި ގާނޫނާ ޚިލާފަށް މަސްވެރިކަން ކުރަމުން ދިޔަ ސްރީލަންކާގެ ދެ ބޯޓު އެމްއެންޑީއެފް ކޯސްޓްގާޑުން ހިފަހައްޓައިފި އެވެ.

މި މަހުގެ ފަސްވަނަ ދުވަހުގެ ރޭ ކޯސްޓްގާޑުން ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ޕެޓްރޯލް ކުރަމުން ދަނިކޮށް މި ބޯޓުތައް ފެނިފައިވަނީ ވ. ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ. އެމްއެންޑީއެފްއިން ބުނީ މި ދެ ބޯޓު މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. ރާއްޖޭގެ ޚާއްސަ އިގްތިސާދީ ސަރަހައްދު ރައްކާތެރިކުރުމަށް ކޯސްޓްގާޑުން ދެމެހެއްޓެނިވި ގޮތެއްގައި ޕެޓްރޯލް ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.