ސައުދީއިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު

ސައުދީއިން ރާއްޖެއަށް 300 އަށްވުރެ ގިނަ ސްކޮލަޝިޕް ފުރުސަތު

Author
ހުސައިން
07 ނޮވެމްބަރ 2025 09:48
0

ސައުދީ އަރަބިއްޔާއިން ދިވެހި ދަރިވަރުންނަށް އެ ގައުމުގެ ޔުނިވާސިޓީތަކުން ފުރަތަމަ ޑިގްރީ ހާސިލުކުރުމަށް 318 ސްކޮލަޝިޕް ފުރުސަތު ހުޅުވާލައިފި އެވެ. ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ، ބިޒްނަސް މެނޭޖްމަންޓް، މީޑިއާ، ކޮމްޕިއުޓާ ސައިންސް، ލޯ، އެޑިއުކޭޝަން، އިންޖީނިއަރިން، އިސްލާމިކް ސްޓަޑީޒް، އަދި އިކޮނޮމިކް ސްޓަޑީޒް ފަދަ 11 ދާއިރާއަކުން މި ފުރުސަތު ލިބޭނެ ކަމަށެވެ.

ސައުދީގައި ކިޔެވުމުގެ އިތުރުން، ރާއްޖޭގައި ހުންނަ އިމާމް ޔުނިވާސިޓީ ކެމްޕަހުގައި ހިލޭ ޑިޕްލޮމާ ޕްރޮގްރާމަކަށް ވެސް ސައުދީއިން ވަނީ ހުޅުވާލައިފަ އެވެ. ފިރިހެނުންނަށް ހާއްސަކޮށްފައިވާ މި ޕްރޮގްރާމަކީ އަރަބި ބަހަށް ތައްޔާރުވުމަށް ދެ އަހަރުގެ ކޯހެއް ކަމަށާއި، ކިޔެވުން އަންނަ ޑިސެމްބަރު 28 ގައި ފަށާނެ ކަމަށް އޮފިޝަލް މައުލޫމާތު ދެއްވި އެވެ. ސައުދީގައި ކިޔަވަން އެދޭ ދަރިވަރުން ވެބްސައިޓު މެދުވެރިކޮށް އެދެން ޖެހޭ އިރު، ރާއްޖޭގެ ކެމްޕަހުން ކިޔަވަން އެދޭ ފަރާތްތަކަށް ދެ ހަފުތާގެ މުއްދަތެއް ދީފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.