އިމިގްރޭޝަނުން މާލޭގައި ރޭ ހިންގި ސްޕެޝަލް އޮޕަރޭޝަނެއްގައި، ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅެމުންދިޔަ ފަސް ބިދޭސީއަކު ހައްޔަރުކޮށްފައިވާ ކަމަށް އެ އިދާރާއިން ހާމަ ކޮށްފިއެވެ.
އެކްސްގައި އިމިގްރޭޝަނުން ހިއްސާކުރި މައުލޫމާތުގައިވާ ގޮތުން މި އޮޕަރޭޝަން ހިންގީ ސައްހަ ވިސާއެއް ނެތި އަދި ގަވައިދާ ޚިލާފަށް ވިޔަފާރިކޮށް އުޅޭ ބިދޭސީންނަށް އަމާޒުކޮށްގެންނެވެ. އޮޕަރޭޝަންގައި މާލޭގެ ދެ ކެފޭއަށް ވަނުމަށްފަހު، ގަވައިދާ ޚިލާފަށް އުޅެމުންދިޔަ ފަސް ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވެއެވެ.
ގަވައިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނަށް ފުރުސަތެއް ނުދޭނެ ކަމަށާއި އެފަދަ ފަރާތްތަކާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް ފުލުސް ކޮމިޝަނަރު އަލީ ނަވީން ވެސް ވަނީ ވިދާޅުވެފައެވެ. މި ސަރުކާރުން ވަނީ ދައުރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ނިންމާފައެވެ.
ކޮމެންޓު ފޮނުވާ