ބާއްޖަަވެރި ކަމަކީ ބޭނުން މީހަކު ބޭނުން ގޮތަކަށް ހޯދޭނެ އެއްޗެއް ނޫން ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"ބާއްޖަވެރިކަމުގެ އަސާސަކީ އިސްލާމް ދީން" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ ބާއްޖަވެރިކަމަކީ އީމާންކަމުގެ މޭވާ ކަމަށާއި، އެއީ ދީނަށް އުޅުމުގެ ނަތީޖާ ކަމުގައެވެ. އަދި އެއީ ކެތްތެރިކަމުގެ ޖަޒާ ކަމުގައިވެސް މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
އަދި އެހެނީ އެއީ ﷲ ސުބުހާނަހޫ ވަތަޢާލާގެ ހަޒުރަތުން އަންނަ ޖަޒާއެކެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
މިއަދުގެ ޚުޠުބާގައި އިތުރަށް ވިދާޅުވީ އެކަމެއް ހޯދާން މީސްތަކުން މަސައްކަތް ކުރަމުންދާ މިދާ ދުނިޔެވީ ބާއްޖެވެރިކަން، އޭގެ އެންމެ ފުރިހަމަ ގޮތުގައި އިސްލާމީ ޝަރީއަތް ހޯދާ ދީފައިވާ ކަމުގައެވެ. އެގޮތުން އިސްލާމީ ޝަރީޢަތުގައި އަދުލުވެރިކަމާއި އިޙްސާންތެރިކަމާއި، މީސްތަކުންގެ ޙައްޤުތައް ރައްކާތެރި ކޮށްދީފައިވާކަން ބަޔާން ކުރައްވަމުން ޚުޠުބާގައި ވިދާޅުވީ އިސްލާމި ޝަރީޢަތުގައި ފަގީރުންނާއި ޔަތީމުންނާއި އަންހެނުންނާއި ކުޑަކުދިންނާއި، ޢައިރު މުސްލިމުންނަށްވެސް ދުނިޔޭގެ އެއްވެސް ނިޒާމެއް ނުދޭހާ ފުރިހަމަޔަށް އެހައްގުތައް ކަށަވަރު ކޮށްދީފައިވާކަމުގައެވެ.
ޚުޠުބާގައި ވިދާޅުވީ އިސްލާމީ ޝަރީއަތް ވަނީ މީސްތަކުންގެ ކިބާގައި ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ރަޙުމަތާއި، ޢިއްފަތްތެރިކަމާއި، އިޙުސާންތެރިކަން އަށަގެންވުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވާފައި ކަމުގައެވެ.
މީގެ އިތުރުންވެސް އެތައް ދާއިރާއަކުން ވަނީ މި ބާއްޖަވެރިކަން ގެނެސްދިނުމަށް، ގިނަގުނަ ކަންކަން ޝަރުޢު ކުރައްވާފައެވެ. މިފަދަ ފުރިހަމަ ނިޒާމެއް ފަލްސަފާއެއް ނުވަތަ އުސޫލެއް އިސްލާމް ދީން ފިޔަވާ މިދުނިޔެއަކު ނުވެއެވެ. މިއީ ދުނިޔެއާއި އާޚިރަތުގެ ބާއްޖެވެރިކަމާއި ނިޢުމަތް އިންސާނާ ގެންދާ ދީނެވެ.
މިއަދުގެ ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.
ކޮމެންޓު ފޮނުވާ