މިދިޔަ އާދީއްތަ ދުވަހު މާލޭ ބަނދަރު ސަރަހައްދުގައި ދެމީހަކު ނިޔާވެ ހިނގި ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާއަކީ އެ އުޅަނދު ދުއްވަން ލައިސަންސް ނެތް ކެޕްޓަނެއްގެ އިހުމާލުން ހިނގި ހާދިސާއެއް ކަމަށް އެމްޕީއެލްގެ ތަހުގީގުގައި ބަޔާން ކޮށްފިއެވެ. އެވެ.
އެމްޕީއެލްއިން ހާދިސާއަށް ފަހު ކުރި ތަހުގީގުގެ ވަގުތީ ރިޕޯޓުން ހާމަވެފައިވާ ގޮތުގައި ދެ އެކްސްކެވޭޓަރު ބަރުކޮށްގެން ދަތުރުކުރި ލޭންޑިން ކްރާފްޓްގެ ކެޕްޓަނަކީ މިފަދަ އުޅަނދެއް ދުއްވުމުގެ ލައިސަންސް އަދި ނިޔަމިކަމުގެ ސެޓްފިކެޓެއް ވެސް ނެތް ފަރާތެކެވެ. އަދި މުދާ ބަރުކުރާ ޑެކަށް ލަކުޑި އަޅާފައިނުވާކަން ވެސް ތަހުގީގުން ފާހަގަކުރެ އެވެ. މި ހާދިސާގައި ދިވެއްސަކާއި ބަންގްލަދޭޝް މީހަކު ނިޔާވި އެވެ.
ރިޕޯޓުގައިވާ ގޮތުން އެކްސްކެވޭޓަރުތައް ސައްހަ އުސޫލުން ބަރުކޮށް މަސައްކަތް ނިންމާލި ފަހުން ކެޕްޓަންގެ އެދުމުގެ މަތިން ކުރީކޮޅުގައި ހުރި އެކްސްކަވޭޓަރު ޕޯޓް ފަރާތަށް ޖެއްސުމުން އުޅަނދުގެ ސްޓެބިލިޓީ ގެއްލިގެން ބަންޑުން ޖަހާފައި ވެއެވެ. އެމްޕީއެލްއިން ބުނިގޮތުގައި ޑައިރެކްޓް ޑެލިވަރީގައި ކެޕްޓަންގެ ލައިސަންސް ޗެކްކުރުން އެކުންފުނީގެ ޒިންމާއެއް ނޫންނަމަވެސް އުސޫލު ބަދަލުކޮށް، މިހާރު އެފަދަ ކަންތައްތައް ބަލަން ފަށާފައިވާނެ އެވެ.
ކޮމެންޓު ފޮނުވާ