ދިވެހި ކުންފުނިތައް ބާރުވެރިކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ތެރެއިން، މިއަދު 53 ކުންފުންޏަކާ 206 ތަރައްގީގެ މަޝްރޫއު ހަވާލުކޮށްފި އެވެ. މި މަޝްރޫއުތަކުގެ އަގު 2.7 ބިލިއަން ރުފިޔާއަށްވުރެ މައްޗެވެ. ބަސެލޯސް ނަސަންދުގެ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ މި މަޝްރޫއުތައް ހަވާލުކޮށްފައިވަނީ ކޮންޓްރެކްޓާ ފައިނޭންސް އުސޫލުން ކަމަށާއި، އެހެންކަމުން ބޭންކުތަކުން ފައިނޭންސިން ލިބި ދައުލަތުގެ ބަޖެޓަށް ބަރޯސާނުވެ އަވަސްމިނުގައި މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ކަމަށެވެ.
މިނިސްޓަރު ފާހަގަކުރެއްވީ މިއީ ދިވެހި ވިޔަފާރިތައް ކުރިއެރުވުމަށް ރައީސް މުއިއްޒުގެ ސަރުކާރުން ދޭ އަހަންމިއްޔަތުކަން ދައްކުވައިދޭ ކަމެއް ކަމަށާއި، ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް މި ފުރުސަތު ދިނުމުން ދިވެހި ބޭންކިން ސެކްޓަރު ވެސް ދިވެހި ވިޔަފާރިތަކާ މިހާރަށްވުރެ ރައްޓެހި ފަހި ދާއިރާއަކަށް ހެދިގެންދާނެ ކަމަށެވެ.
ޒަމީރު ވިދާޅުވީ ރާއްޖޭގެ ރިއަލް އެސްޓޭޓު މާކެޓުގެ ބޮޑު ހިއްސާއެއް މިހާރު އޮތީ ބޭރުގެ ކުންފުނިތަކުގެ މައްޗަށް ފުރޮޅިފައި ކަމަށާއި، އެބައިމީހުން ދިވެހިންގެ ފައިސާ ޑޮލަރަށް ބަދަލުކޮށް ރާއްޖެއިން ބޭރުކުރަމުން ދާތީ، މިއަދު ހަވާލުކުރި މަޝްރޫއުތަކުގެ ސަބަބުން ދިވެހި ވިޔަފާރިތަކަށް މާލީ މަންފާ ލިބި ތަޖުރިބާކާރު ޒުވާން ޓެކްނިކަލް މަސައްކަތްތެރި ޖީލެއް ބިނާކުރަން ވަރުގަދަ ބިންގަލެއް އެޅިގެންދާނެ ކަމަށެވެ.
ކޮމެންޓު ފޮނުވާ