ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އައްޑޫ ސިޓީއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، އައްޑޫ ސިޓީ، ހުޅުދޫ އަދި މީދޫގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލްތަކަކަށް ހެދުމަށް ބޭނުންވާ ޢިމާރާތްތައް ކުރުމަށް ކުންފުންޏެއް ހޮވައި، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ. މި ގޮތުން މަސައްކަތް ހަވާލުކޮށްފައިވަނީ ގްލެޓް އިންވެސްޓްމެންޓް ކުންފުންޏާ އެވެ. ހުޅުދޫ-މީދޫ ރައްޔިތުންނާއި ބައްދަލުކުރައްވައި ރައީސް ދެއްކެވި ވާހަކަފުޅުގައި، 30 އެނދުގެ ޒަމާނީ ހޮސްޕިޓަލެއް އެޅުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި، އެ ހޮސްޕިޓަލްތަކުގައި ބޭނުންވާ ހުރިހާ ވަސީލަތްތަކާއި އެކު އެންމެ ރަނގަޅު ސިއްޙީ ޚިދުމަތް ރައްޔިތުންނަށް ލިބިގެންދާނެ ކަމަށް ވިދާޅުވި އެވެ. ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ހެލްތު މިނިސްޓަރ އަބްދުﷲ ނާޒިމް އެވެ. އަދި ގްލެޓް އިންވެސްޓްމެންޓްގެ ފަރާތުން ސޮއިކުރީ މެނޭޖިން ޑިރެކްޓަރ އަހްމަދު ޝިޔާމް އެވެ.
ކޮމެންޓު ފޮނުވާ