ފުވައްމުލަކުގައި 75 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއު ގްލަޓް އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ރޭ ސޮއިކޮށްފިއެވެ. ރައީސް ޑރ. މުހައްމަދު މުއިއްޒު އެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޭއްވި ޖަލްސާގައި، ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. ގްލަޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗެއާމަން ނާފިއު އަބްދުއްރަހީމެވެ.
ފުވައްމުލަކުގައި 400 ހައުސިން ޔުނިޓް އެޅުމުގެ މަޝްރޫއުގެ އަމަލީ މަސައްކަތް އިއްޔެ ވަނީ ފަށާފައެވެ. އެ ސިޓީއަށް 900 ހައުސިން ޔުނިޓް އެޅުމަށް ރައީސް ވެވަޑައިގެންނެވި ވައުދު ފުއްދުމުގެ ގޮތުން މި މަސައްކަތްތައް ކުރިއަށްދާކަން ރައީސް ފާހަގަކުރެއްވިއެވެ. 75 ޔުނިޓުގެ މަޝްރޫއަށް ފައިނޭންސާއި ރަސްމީ ހުރިހާ ކަމެއް ނިމިފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަށް 1.5 ބިލިއަން ރުފިޔާގެ ބަޖެޓެއް މި އަހަރަށް ކަނޑައަޅުއްވާފައިވާއިރު، މާލެ ސަރަހައްދުގައި 15،000 ޔުނިޓާއި ރަށްރަށުގައި 12،000 ޔުނިޓާ ހިމެނޭ ގޮތުން ޖުމްލަ 27،000 ހައުސިން ޔުނިޓުގެ މަސައްކަތް މި އަހަރު ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ