ގައުމީ އެއާލައިން މޯލްޑިވިއަނުން ބަންގްލަދޭޝްއަށް ދަތުރުތައް އަލުން ފެށުމަށް ތައްޔާރުވަމުން އަންނައިރު، އެ މަސައްކަތުގެ ދަށުން ޑާކާގައި ޖެނެރަލް ޕެސެންޖަރ ސޭލްސް އެޖެންޓެއް ހޯދުމުގެ މަސައްކަތް ފަށާފައިވާކަން އެ އެއާލައިނުން ހާމަކޮށްފިއެވެ. މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ބުނީ އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން މި ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހުގެ ކުރިން އެދިލުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މީގެ ކުރިން ހަފްތާއަކު އެއްފަހަރު ޑާކާއަށް ފްލައިޓް ބާއްވަމުން އައި މޯލްޑިވިއަން، އޮގަސްޓް މަހު ބަންގްލަދޭޝްގައި ފެށުނު ސިޔާސީ ހަލަބޮލިކަމާ ގުޅިގެން އެ މަގު ވަނީ މެދުކަނޑާލާފައެވެ. މިހާރު ބަންގްލަދޭޝް އިން ޔޫއެސް ބަންގްލާ ފަދަ އެއާލައިންތައް ރާއްޖެއަށް މެދުކެނޑުމެއް ނެތި އުދުހެމުން އަންނައިރު، މޯލްޑިވިއަނުން އުދުހެން އަލުން ފަށާނެ ވަކި ތާރީހެއް އަދި އިއުލާން ކޮށްފައި ނުވާތީއެވެ.


