ލަންޑަންގައި ރާއްޖެ އިޝްތިހާރުކުރުމަށް 100 ޓެކްސީއަކުން ކެމްޕޭނެއް

ލަންޑަންގައި ރާއްޖެ އިޝްތިހާރުކުރުމަށް 100 ޓެކްސީއަކުން ކެމްޕޭނެއް

Author
ހުސައިން
03 ނޮވެމްބަރ 2025 10:08
0

ވޯލްޑް ޓްރެވަލް މާކެޓް 2025 ފެށުމާ ދިމާކޮށް، ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނުން ލަންޑަންގެ މެދުތެރޭގައި ހާއްސަ ޓެކްސީ އެޑްވަޓައިޒިން ކެމްޕޭނެއް ފަށައިފިއެވެ. ދެމަސް ދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކެމްޕޭނުގައި ޖުމްލަ 100 ޓެކްސީ އުޅަނދުން ލަންޑަންގެ އެންމެ ހަލަބޮލި ސަރަހައްދުތަކުގައި ރާއްޖޭގެ ބްރޭންޑިން އަދި ރީތި މަންޒަރުތައް ދައްކުވައިދޭނެއެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ހަރަކާތްތެރިވާ ފަސް ކުންފުނީގެ އެއްބާރުލުމާއެކު ކުރިއަށްގެންދާ މި ކެމްޕޭނުގައި ކަނޑިންމަ މޯލްޑިވްސް، ޔުނިވާސަލް ރެސޯޓްސް، ކައިމޫ ރިސޯޓްސް، ބެރެނާއީ ކޮއްޓަފަރު އަދި ރިއު އެޓޯލްސް ހިމެނެއެވެ. މި މަސައްކަތުގެ މައިގަނޑު ބޭނުމަކީ ޑަބްލިއުޓީއެމް ފެއާއަށް ޒިޔާރަތްކުރާ ލަގްޒަރީ ފަތުރުވެރިންނާއި ސިނާއަތުގެ ހިއްސާދާރުންގެ ސަމާލުކަން ރާއްޖެއަށް ލިބުމެވެ.

ވީއެމްސީން ބުނީ މުޅި ދުނިޔޭގެ ސަމާލުކަން ލަންޑަނަށް ހުއްޓިފައިވާ މި ދަނޑިވަޅުގައި، ރާއްޖެއަކީ ހިތްގައިމު ތަޖުރިބާތަކެއް ކުރެވޭ ޕްރީމިއަމް މަންޒިލެއްކަން ދައްކުވައިދިނުމަށް މިއީ މުހިންމު ފުރުސަތެއް ކަމުގައެވެ. މި ކެމްޕޭން މެދުވެރިކޮށް ރާއްޖޭގެ ވިޒިބިލިޓީ ހިފެހެއްޓުމާއި، ރާއްޖެއާމެދު ގިނަބަޔަކު އެނގުމާއި، ފަތުރުވެރިންގެ ޝައުގުވެރިކަން އިތުރުކުރުމަށް މަސައްކަތްކުރާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.