އެމްޕީއެލް ބަނދަރާ ކައިރިން ކޮޅުވެއްޓި ބަންޑުންޖެހި ހާދިސާގެ ތަހުގީގު ފަށައިފި

އެމްޕީއެލް ބަނދަރާ ކައިރިން ކޮޅުވެއްޓި ބަންޑުންޖެހި ހާދިސާގެ ތަހުގީގު ފަށައިފި

Author
ޙަސަން މުޙައްމަދު
03 ނޮވެމްބަރ 2025 10:05
0

އިއްޔެ މެންދުރު މާލޭގެ އެމްޕީއެލް ބަނދަރު ސަރަހައްދާ ކައިރިން ލޭންޑިން ކްރާފްޓެއް ބަންޑުން ޖެހުނު ހާދިސާއެއްގެ ތަހުގީގު އެމްޕީއެލްއިން ފަށައިފިއެވެ. މި ހާދިސާގައި 14 މީހުން ތިބި އުޅަނދުން ދެ މީހުން ވަނީ ނިޔާވެފައެވެ.

ހާދިސާ ހިނގީ އިއްޔެ މެންދުރު 3:44 ހާކަން އިރުއެވެ. މި އުޅަނދުން 6 މީހަކު ފަރުވާއަށް ހޮސްޕިޓަލަށް ގެންދިޔައިރު، ނިޔާވި ދެ މީހުންނަކީ އެމްޕީއެލްގެ ލޭބަރަރުންގެ މަގާމުގައި ތިބި މުވައްޒަފުންނެވެ. އިއްޔެ މެންދުރު ނިޔާވީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ މަސޫދު ހުސައިން އަދި ރޭގެ ދަންވަރު ނިޔާވީ އަލީ އަފްލާހް އަބްދުﷲއެވެ.

އެމްޕީއެލްއިން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ ކުންފުނީގެ ކަމާބެހޭ ޑިޕާޓްމަންޓްތަކުން މިހާރު އެތެރޭ ތަހުގީގު ކުރިއަށްދާ ކަމަށާއި، ތަހުގީގުން އެނގޭ މަޢުލޫމާތު އާންމުކުރާނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.