ނަސްރުގެ ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަރަފުގެ ހާއްސަ އައްޑަނަ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަރުވާފައިވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށެވެ. މި އައްޑަނަ އެމަނިކުފާނަށް އެރުވީ 1988 ވަނަ އަހަރުގެ އުދުވާނީ ހަމަލާގައި އޭރުގެ ރައީސްގެ ހައިސިއްޔަތުން ކުރެއްވި ތައުރީފު ހައްގު މަސައްކަތްޕުޅުތަކަށް އަގުވަޒަންކޮށެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މައުމޫން ވިދާޅުވީ މި އައްޑަނަ ދެއްވިކަމަށްޓަކައި ރައީސް މުއިއްޒަށް އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވާ ކަމަށާއި، އެމަނިކުފާނުގެ ނަޒަރުގައި މި ފަހުރުވެރި އައްޑަނައިގެ ހައްގުވެރިންނަކީ ހިތްވަރުގަދަ ލޮބުވެތި ދިވެހި ރައްޔިތުން ކަމަށެވެ.
ސޯޝަލް ސެންޓަރުގައި މިއަދު ހެނދުނު ބޭއްވި ރަސްމީ ޖަލްސާގައި ނޮވެންބަރު 3 ގެ ޝަހީދުންގެ އާއިލާތަކަށް ހަނދާނީ އައްޑަނަތައް ވެސް އެރުވިއެވެ. އެ އުދުވާނީ ހަމަލާގައި 8 ސިފައިންނާއި 11 އާއްމުން ޝަހީދުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ