ޝަހީދު ޒުހައިރުގެ ހަނދާނުގައި ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު ތިނަދޫގައި

ޝަހީދު ޒުހައިރުގެ ހަނދާނުގައި ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު ތިނަދޫގައި

Author
ހުސައިން
03 ނޮވެމްބަރ 2025 11:33
0

ނަސްރުގެ ދުވަހާ ގުޅިގެން ބާއްވާ ފޮޓޯ މައުރަޒު މިފަހަރު ތިނަދޫ ސިޓީގައި ބޭއްވުމަށް އެމްއެންޑީއެފުން ނިންމައިފިއެވެ. މިއީ ނަސްރުގެ ދުވަހުގެ ފޮޓޯ މައުރަޒު ތިނަދޫގައި ބާއްވާ ފުރަތަމަ ފަހަރެވެ.

އެމްއެންޑީއެފްގެ އެޖުޓަންޓް ޖެނެރަލް ކާނަލް ހުސެއިން އަލީ ވިދާޅުވީ، ތިނަދޫ އަކީ 1988 ވަނަ އަހަރުގެ ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގައި އެންމެ ފުރަތަމަ ޝަހީދުވި ކޯޕްރަލް އަބްދުﷲ ޒުހައިރު ނިސްބަތްވާ ރަށަށް ވުމުން އެ ސިޓީގައި މައުރަޒު ބާއްވަން ހަމަޖެއްސީ ކަމަށެވެ. މި މައުރަޒު ހުޅުވާނީ މި މަހުގެ ހަތްވަނަ ދުވަހު ހުކުރު ދުވަހުގެ ހަވީރުގައި ކަމަށާއި، އަށްވަނަ ދުވަހުގެ މެންދުރުފަހުވެސް މައުރަޒު ހުޅުވިފައި ހުންނާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މައުރަޒުގައި ނޮވެމްބަރު 3 އާ ގުޅޭ ތަފްސީލީ މައުލޫމާތު، ފޮޓޯ، ވީޑިއޯ އަދި އޯޑިއޯގެ ޒަރިއްޔާއިން ފޯރުކޮށްދޭނެ ކަމަށެވެ. އަތޮޅުތެރޭގެ ރައްޔިތުންނާއި ސްކޫލު ކުދިން މައުރަޒަށް ޒިޔާރަތްކުރުމަކީ އެމްއެންޑީއެފްގެ އިހުލާސްތެރި އެދުމެއް ކަމަށް ކާނަލް ހުސެއިން ވިދާޅުވިއެވެ. މައުރަޒާއެކު ތިނަދޫގައި އަންނަ ހޮނިހިރު ދުވަހު އެމްއެންޑީއެފްގެ ފުރިހަމަ އަސްކަރީ ހުށަހެޅުންތަކެއް ވެސް ކުރިއަށްގެންދާނެއެވެ. މިއަދު މާލޭގައި ޖުމްހޫރީ މައިދާނުގައި ވެސް ނަސްރުގެ ދުވަހުގެ ހަރަކާތްތައް ކުރިއަށްދާއިރު، ހަވީރު 4:15 ގައި އަސްކަރީ ހުށަހެޅުންތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.