ނޮވެންބަރު 3ގެ ހަނދާނީ އައްޑަނަ ޝަހީދުންގެ ޢާއިލާތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އަރުވައިފިއެވެ. މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވަނީ އެ ދުވަހުގެ ޙަމަލައިގައި ޝަހީދުވި ބޭފުޅުންގެ ޚިދުމަތުގެ އަގު ޤައުމީ ފެންވަރެއްގައި ދައުލަތުން ވަޒަންކުރެއްވުމުގެ ގޮތުން ޝަރަފުގެ ހަނދާނީ އައްޑަނަ ދީފައެވެ.
1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ބޭރުގެ ނިރުބަވެރި ބަޔަކު ދިން ޢުދުވާނީ ޙަމަލާގައި ސިފައިންގެ 8 ބޭކަލާއި 11 ޢާންމުންގެ ތެރެއިން ޖުމްލަ 19 ބޭފުޅަކު ޝަހީދުވިއެވެ. ޢުދުވާނީ ހަމަލާދީފައިވަނީ ދިވެހި 7 ޚާއިނުން ގުޅިގެން ސްރީލަންކާގައި ހަރަކާތްތެރިވަމުންދިޔަ ނިރުބަވެރި ޖަމާޢަތެއްކަމަށްވާ ޕްލޯޓް ޖަމާޢަތާއެވެ. ނަޞްރުގެ ދުވަހަކީ އެ ޢުދުވާނީ ޙަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަހުގެ ހަނދާނެވެ.
ކޮމެންޓު ފޮނުވާ