ސްރީލަންކާއަށް ދިއުމުގެ ކުރިން ހޯދަން ލާޒިމްކުރި އީޓީއޭ ގަވައިދު މެދުކަނޑާލައިފި

ސްރީލަންކާއަށް ދިއުމުގެ ކުރިން ހޯދަން ލާޒިމްކުރި އީޓީއޭ ގަވައިދު މެދުކަނޑާލައިފި

Author
ހުސައިން
02 ނޮވެމްބަރ 2025 10:52
0

ސްރީލަންކާއަށް ދިއުމުގެ ކުރިން ހޯދަން ލާޒިމްކުރި އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ގެ ގަވައިދު އެގައުމުން މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި އެވެ. މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން އީޓީއޭ ނެތި ލަންކާއަށް އެތެރެނުވެވޭ ގޮތަށް ހަދާފައިވާއިރު، ލަންކާގެ އިމިގްރޭޝަންއިން ހާމަކުރި ގޮތުގައި އެ ގަވައިދު މިހާރު ވަނީ ހުއްޓާލައިފަ އެވެ. އެ ނިންމުން ނިންމި ސަބަބެއް އިމިގްރޭޝަންއިން ހާމައެއް ނުކުރެ އެވެ.

ބޭސްފަރުވާއަށާއި ޗުއްޓީއަށާއި ތައުލީމީ ކަންކަމަށް ވެސް ގިނަ އަދަދެއްގެ ދިވެހިން އަބަދުވެސް ލަންކާއަށް ދަތުރުކުރާއިރު، އެ ގަވައިދު މެދުކަނޑާލީ ލަންކާގެ ޓޫރިޒަމް ޕީކް ސީޒަން ފެށިފައިވާ އިރު އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.