ފުރުގާން މިސްކިތަށް ގާބުރިއަކުން ހަމަލާދީ ބިއްލޫރިގަނޑުތައް ތަޅާލައިފި

ފުރުގާން މިސްކިތަށް ގާބުރިއަކުން ހަމަލާދީ ބިއްލޫރިގަނޑުތައް ތަޅާލައިފި

ގުޅުންހުރި

މާލޭގައި ހުންނަ ފުރުގާން މިސްކިތަށް ރޭ ހަމަލާދީ ބޮޑު ގާބުރިއެއް އެއްލައިގެން އެ މިސްކިތުގެ ދޮރުގެ ބިއްލޫރިގަނޑު ތަޅާލައި، މިސްކިތުގެ ތަށިމުށި ތަކަށާއި ފާހާނާގެ ދޮރުތަކަށް ވެސް ގެއްލުން ދީފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މި މައްސަލަ ރިޕޯޓްކުރީ ރޭ ދަންވަރު 2:00 ޖެހި ފަހުންނެވެ. ހަމަލާދިނީ މިސްކިތުގައި އަންހެނުން ނަމާދުކުރާ ބަޔަށް ވަންނަ ބޭރު ދޮރަށް ކަމަށް ވެފައި، ޕޭވްމަންޓް ގަލެއް އަޅައިގެން ބިއްލޫރިގަނޑު ތަޅާލާފައިވެ އެވެ. ގާބުރިން ޖެހިގެން މިސްކިތުގެ ބައެއް ތަށިމުށިތައް ވެސް ވަނީ ތަޅައިގެން ގޮސްފައެވެ. މީގެ އިތުރުން ފާހާނާތަކުގެ ދޮރުތަކުގެ ތަޅުތައް ވެސް ހަލާކުކޮށްލާފައިވެ އެވެ.

މި އަހަރު މާލޭގެ މިސްކިތްތަކަށް ގެއްލުން ދިނުމާއި މިސްކިތްތަކުން ވައްކަން ކުރުމުގެ މައްސަލަތައް ގިނައިން ރިޕޯޓްކުރެވިފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ