އިމިގްރޭޝަން ކޮންޓްރޯލަށް 70 އޮފިސަރުން ނެގުމަށް މިއަދު ބޭއްވި ވޯކް-އިން އިންޓަވިއުގައި 500 އަށްވުރެ ގިނަ ޒުވާނުން ބައިވެރިވެއްޖެ އެވެ. ހުޅުމާލޭ ފޭސް 2 ގައި ހުންނަ ސަލާހުއްދީން ސްކޫލްގެ ހޯލުގައި މިއަދު ހެނދުނުން ފެށިގެން ހަވީރު 4:30 އާ ހަމައަށް ކުރިއަށްދިޔަ މި އިންޓަވިއުއަށް ލިބުނު ތަރުހީބަކީ ވަރަށް ރަނގަޅު ތަރުހީބެއް ކަމަށް އިމިގްރޭޝަނުން ބުންޏެވެ.
30 އަހަރުން ދަށުގެ ޒުވާނުންނަށް ހުޅުވާލި މި ފުރުސަތުގައި ބައިވެރިވި ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވެ އިންޓަވިއުއިން ފާސްވި ކެންޑިޑޭޓުން އިތުރު ދެ އިމްތިހާނެއް ފުރިހަމަކުރަން ޖެހޭނެ އެވެ. އިމިގްރޭޝަނުން އެގޮތަށް ބޭއްވި ދެވަނަ ވޯކް-އިން އިންޓަވިއުއަކީ މިއީ އެވެ. އެންމެ ފުރަތަމަ 50 އޮފިސަރުން ނެގުމަށް ބޭއްވި އިންޓަވިއުގައި 876 މީހުން ބައިވެރިވި ނަމަވެސް ޝަރުތު ހަމަވީ 758 މީހުންނެވެ.
ކޮމެންޓު ފޮނުވާ