ތިން ނޮވެންބަރުގެ ހަނދާނީ ބިނާގައި މިރޭ ކުރިއަށްގެންދާ ފަރިތަކުރުންތަކުގެ ތެރެއިން ބަޑީގެ އަޑު އިވިދާނެކަމަށް ރާއްޖޭގެ ގައުމީ ދިފާއީ ސިފައިން އަންގައިފިއެވެ.
އެމްއެންޑީއެފްއިން ބުނީ، ދިދަޖެހުމާއި ގާޑް މައުންޓްކުރުމުގެ ފަރިތަކުރުންތަކުގެ ތެރެއިން ޝަހީދުންގެ ބިނާ ކައިރީގައި މިރޭ 20:15 އާއި 22:00 އާ ދެމެދު ބްލޭންކްސް ފަޔަރކުރާނެކަމަށެވެ. ބްލޭންކްސް ފަޔަރކުރުމަކީ ބަޑީގައި އަސްލު ވަޒަން ނެތި ކާޓްރިޖް ލޯޑުކޮށް ބަޑިޖަހާ ޖެހުން ކަމަށާއި، އަސްލު ބަޑިޖެހުމެއްހެން އަޑު އިވޭނެކަމަށް އެމްއެންޑީއެފްއިން ވަނީ ހާމަކޮށްފައެވެ.
އާންމުންގެ ސަމާލުކަމަށްޓަކައި މިކަން ހާމަކޮށްފައިވާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ