70 އިމިގްރޭޝަން އޮފިސަރު ހޯދަން ވޯކިން އިންޓަވިއު ފަށައިފި

70 އިމިގްރޭޝަން އޮފިސަރު ހޯދަން ވޯކިން އިންޓަވިއު ފަށައިފި

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 09:48
0

މޯލްޑިވްސް އިމިގްރޭޝަނުން 70 އިމިގްރޭޝަން އޮފިސަރު ޓްރެއިނީސް ހޯދުމަށް ބާއްވާ ވޯކިން އިންޓަވިއު މިއަދު ހެނދުނު ފަށައިފިއެވެ.

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ސަލާހުއްދީން ސްކޫލްގައި މިއަދު ހެނދުނު 8:30 ގައި ފެށި މި ރެކްރޫޓްމެންޓް އިވެންޓް މިއަދު ހަވީރު 4:30 އަށް ކުރިއަށްދާނެއެވެ. މިއީ އިމިގްރޭޝަނުން ކުރިއަށްގެންދާ މިފަދަ ދެވަނަ އިވެންޓެވެ. މީގެ ފަސްމަހެއްހާ ކުރިން ބޭއްވި ވޯކިން އިންޓަވިއުއަށް 900 އަށްވުރެ ގިނަ މީހުން ބައިވެރިވެ ބޮޑު ތަރުހީބެއް ލިބިފައިވެއެވެ.

މި މަގާމަށް ހޮވުމުގައި ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިހާނަކުން މަދުވެގެން ދެ ޑީ ފާސްލިބިފައިވުމާއެކު، މަތީ ސާނަވީން ދިވެހި މާއްދާއިން ދަށްވެގެން ސީ ފާސްލިބިފައިވުން ނުވަތަ އެމްކިއުއެފް ލެވެލް 3 ގެ ސެޓްފިކެޓް ހާސިލްކޮށްފައިވުން ލާޒިމްވެއެވެ. އަދި އިއުލާން ކުރާ މުއްދަތު ކުރިން އުމުރުން 40 ފުރިފައި ނުވާ މީހެއް ކަމުގައިވުން ޝަރުތުކޮށްފައިވެއެވެ.

އިންޓަވިއުއަށް އަންނައިރު ސިވިލް ސާވިސްގެ ވަޒީފާގެ ފޯމް ފުރިހަމަކޮށްފައިވުމާއި، ތައުލީމީ ސެޓްފިކެޓްތަކުގެ އޮރިޖިނަލް އަދި ކޮޕީ، ސީވީ، އައިޑީކާޑުގެ ކޮޕީ އަދި ތަޖުރިބާ ހުރި ނަމަ އެކަމުގެ ލިޔުމުގެ ކޮޕީ ގެންދިއުމަށް އިމިގްރޭޝަނުން އެދިއްޖެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.