އިސްލަމް ދީނާ މެދު އައްދުއްވުން ކުރަހާފައިވަނީ ބިރުވެރި، އަނދިރިި މަންޒަރެއް ކަމަށާއި، އެއީ ހަގިގާތާއި ޚިލާފް މަންޒަރެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.
"އިސްލާމީ ރިސާލަތަކީ ލޯތްބާއި ރަޙުމަތުގެ ރިސާލަތެއް" މިމައުޟޫއަށް ޚާއްސަ ކުރެވުނު މިއަދުގެ ޚުޠުބާގައި ވިދާޅުވީ އިސްލާމް ދީނުގައި މަތިވެރި އަޚްލާގާއި ރަޙުމަތާ ދެމެދުގައި ވަނީ ގިނަގުނަ މާތް ސިފަތަކެއް ކަމުގައެވެ. އަދި އެ ސިފަތަކުން، ލޯބި ވުމަށާއި، ރަޙުމް ކުރުމަށް ބާރުއަޅާ ކަމުގައި ބަޔާން ކުރަމުން މިއަދުގެ ޚުޡުބާގައި ވިދަޅުވީ ބައެއް މީހުން އިސްލާމް ދީނާ މެދު ދެކެނީ އެއްވެސް ރަޙުމެއް ނެތް ހަރުކަށި ދީނެއްގެ ގޮތުގައި ކަމުގައެވެ. އަދި އެމީހުން، އިސްލާމް ދީަނށް ތަބާވާ މީހުންނަކީ އެއްވެސް އޯގާތެރިކަމެއް ނެތް ހަރުކަށި ބައެއްގެ ގޮތުގައި ދެކެމުންދާކަމަށްވެސް ޚުޠުބާގައި ވިދާޅުވިއެވެ.
އެހެނަސް ޙަގީގަތަކީ އިސްލާމް ދީނަކީ ރަޙުމަތުގެ ދީނެވެ. އެ ދީނުގެ ނަބިއްޔާ އަކީ ރަޙުމަތުގެ ނަބިއްޔާއެވެ.
މިއަދު ޚުޠުގާބައި ވިދާޅުވެފައި ވެއެވެ.
ޚުޠުބާގައި އިތުރަށް ވިދާޅުވީ އިސްލާމް ދީނުގައި ރިވެތި އަޚްލާގަށް ވަރަށް މަތިވެރި ދަރަޖައެއް ދީފައިވާ ކަމުގައެވެ. އަދި މާތް ނަބިއްޔާ އެކަމުގެ ނަމޫނާ ދެއްކެވި ކަމަށް ބަޔާން ކުރަމުން ޚުޠުބާގައި ވިދާޅުވީ އެކަލޭގެ މިމަތިވެރި ސިފަ އަށަގެންނެވުމުގެ މައްޗަށް ތަރުބިއްޔަތު ކުރައްވާފައިވާ ކަމަށެވެ. އޭގެ ސަބަބަކީ ހުރިހައި ގުޅުންތަކެއް ބިނާކުރުމުގެ މައިގަޑު އަސާސަކީ ރިވެތި އަޚްލާގާއި ރަޙުމަތާއި އޯގާތެރިކަން ކަމުގައި ވާތީކަމަށްވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.


