މަނަދޫ ދާއިރާގެ ޕީއެންސީގެ މެމްބަރު ހުސްނީ މުބާރިކް ޖުޑީޝަލް ސާވިސް ކޮމިޝަންގެ (ޖޭއެސްސީ) ރައީސް ކަމަށް އައްޔަން ކުރައްވައިފިއެވެ.
ޖޭއެސްސީއަށް ހުސްނީ މެމްބަރުކަމަށް އައްޔަންކުރީ އިއްޔެއެވެ. އޭނާ އެ މަގާމަށް އައްޔަންކުރީ މާފުށީ ދާއިރާގެ މެމްބަރު ހުސައިން ރިޒާ ޖޭއެސްސީއިން އިސްތިއުފާ ދެއްވުމުންނެވެ. އެއަށްފަހު ބޭއްވުނު ޖަލްސާގައި ވޯޓުން ކޮމިޝަންގެ ރައީސްކަން ހުސްނީއަށް ލިބިވަޑައިގެންފައިވާ ކަމަށް ޖޭއެސްސީން ބުނެފައި ވެއެވެ.
މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގެ މުގައްރިރުކަން ކުރައްވަމުން ގެންދަވަނިކޮށް ޖޭއެސްސީއަށް އައްޔަން ކުރެއްވުމާ އެކު ހުސްނީ ވަނީ އެ މަގާމުން އިސްތިއުފާ ދެއްވައިފައެވެ. ކޮމިޝަންގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި ހައި ކޯޓުގެ ފަނޑިޔާރު މުހައްމަދު ނިޔާޒު ވެސް ދާދިފަހުން އިސްތިއުފާ ދެއްވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ ފަރާތުން ކޮމިޝަނުގައި އިންނަވާ ޔަޒްމީދު މުހައްމަދު ނައިބު ރައީސްކަމަށް އައްޔަން ކުރައްވާފައި ވެއެވެ.
ކޮމެންޓު ފޮނުވާ