އޮސްޓްރޭލިއާއިން ކަސްޓަމްސް އަށް ޑްރޯން އެހީ

އޮސްޓްރޭލިއާއިން ކަސްޓަމްސް އަށް ޑްރޯން އެހީ

Author
ހުސައިން
29 އޮކްޓޯބަރ 2025 09:18
0

ދިވެހި ރާއްޖޭގެ ބޯޑަރު ރައްކާތެރިކަން ހަރުދަނާކުރުމުގެ ގޮތުން އޮސްޓްރޭލިޔާ ސަރުކާރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސް އަށް ސަވައިލެންސް ޑްރޯންތަކެއް ހަދިޔާކޮށްފި އެވެ. އޮސްޓްރޭލިއަން ބޯޑަރ ފޯސްއިން ދޫކުރި މި ޑްރޯންތައް ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އޮސްޓްރޭލިއާގެ ސަފީރު ޑޭވިޑް ޖެސަޕް ވަނީ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސް ފާތިމަތު ދިޔާނާއަށް ހަވާލުކޮށްދެއްވާފަ އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޖެނެރަލް ދިޔާނާ ވަނީ އޮސްޓްރޭލިއާ ސަރުކާރާއި އެ ޤައުމުގެ ބޯޑަރު ފޯސްއަށް ޝުކުރު އަދާކުރައްވާފަ އެވެ. މި ޑްރޯންތަކުގެ އެހީގައި ރާއްޖޭގެ ބޯޑަރު ބެލެހެއްޓުމާއި ޕޯޓްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ މަސައްކަތް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.