ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ހިންގަން ނިންމައިފި

ތުލުސްދޫގައި ހުންނަ ސްޓެލްކޯގެ އެކަޑަމީގައި އެމްއެންޔޫގެ ކޯސްތައް ހިންގަން ނިންމައިފި

Author
ޙަސަން މުޙައްމަދު
26 އޮކްޓޯބަރ 2025 11:06
0

ކ. ތުލުސްދޫގައި ސްޓެލްކޯން ގާއިމްކޮށްފައިވާ ސްޓޭޓް ޔޫޓިލިޓީ ސްކިލްސް އެކަޑަމީގައި ރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހިންގަން މިއަދު ދެ އިދާރާއާ ދެމެދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.

އެމްއެންޔޫގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހްމަދު ޝަމާހު ރަޝީދާއި އެމްއެންޔޫގެ ވައިސް ޗާންސިލާ ޑރ. ޝެހެނާޒް އާދަމެވެ. މި ފަހުމުނާމާގެ ދަށުން މެކޭނިކަލް އިންޖީނިއަރިންގެ ދާއިރާއިން ޒުވާނުން ތަމްރީނުކުރުމާއި، ސްޓެލްކޯގެ މުވައްޒަފުންގެ ހުނަރު ފުރިހަމަ ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވަނީ ނިންމައިފައެވެ. ސްޓެލްކޯގެ މުވައްޒަފުން ޑިޒައިންކޮށް ތަރައްގީކޮށްފައިވާ މި އެކަޑަމީ ހިންގުމަކީ މުވައްޒަފުންގެ ތަމްރީނާއި ތަރައްގީއަށް އެ ކުންފުނިން ދޭ އިސްކަން ދައްކުވައިދޭ ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.