"ހުވާ" ގެ ޝޫޓިންއެއްގައި ފިލްމީ ތަރި އައްޒަގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތަކަށް ގެއްލުން ވެއްޖެ

"ހުވާ" ގެ ޝޫޓިންއެއްގައި ފިލްމީ ތަރި އައްޒަގެ އަނގަމަތި ފަޅައިގެން ގޮސް ދަތްތަކަށް ގެއްލުން ވެއްޖެ

Author
ހުސައިން
26 އޮކްޓޯބަރ 2025 07:47
0

ދިވެހި ޑްރާމާ ސީރީޒް "ހުވާ" ގެ ދެވަނަ ސީޒަންގެ ޝޫޓިންއެއްގައި ހިނގި ހާދިސާއެއްގައި އެކްޓްރެސް މަރިޔަމް އައްޒަގެ އަނގަމަތި ފަޅައިގެން ދަތްތަކަށް ވެސް ފުން ގެއްލުންވެއްޖެއެވެ. ސީރީޒްގެ ޑިރެކްޓަރު ފާތިމަތު ނަހުލާ ރޭގެ ޓިކްޓޮކް ލައިވްއެއްގައި ހާމަކުރި ގޮތުގައި މި ހާދިސާ ހިނގީ އެކްޓަރު އަހްމަދު އީސާ (އާނަންދު) އާއެކު ކުޅެމުން ދިޔަ ސީނެއްގައި އައްޒަ ކޮއްޕާލި ވަގުތު އަނގަ ވަތަށް ވެއްޓިގެން ކަމަށެވެ.

"ހުވާ" ގެ ފޭސްބުކް ޕޭޖްގައި ހިއްސާކުރި ވީޑިއޯއިން އައްޒަގެ ވަރަށް ގިނައިން ލޭ އަންނަ މަންޒަރާއި ދަތްތަކަށް ލިބިފައިވާ ގެއްލުން ފެނިފައިވެއެވެ. ފަރުވާއަށްފަހު އައްޒަ މިހާރު ހޮސްޕިޓަލުން ގެއަށް ދޫކޮށްލައިފިކަމަށް ނަހުލާ ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.