ވަލީވެރިންކަމުގައި ދެކޭ މީހުންގެ ގަބުރު ވަށައިގެން ރާނާ، ދޮންވެލިލާ، ވޮށް ދިއްލާ، ޒީނަތްތެރިކޮށް ނަދުރު ބުނުމަކީ ނުރައްކާތެރިކަމެއް: ޚުޠުބާ

ވަލީވެރިންކަމުގައި ދެކޭ މީހުންގެ ގަބުރު ވަށައިގެން ރާނާ، ދޮންވެލިލާ، ވޮށް ދިއްލާ، ޒީނަތްތެރިކޮށް ނަދުރު ބުނުމަކީ ނުރައްކާތެރިކަމެއް: ޚުޠުބާ

ގުޅުންހުރި

އިސްލާމީ ބައެއް ގައުމުތަކުގައި، ސާލިހު އަޅުންނާއި، ވަލީވެރިންކަމުގައި ދެކޭ މީހުންގެ ގަބުރު ވަށައިގެން ރާނާ، ދޮންވެލިލާ، ވޮށް ދިއްލާ، ޒީނަތްތެރިކޮށް ނަދުރު ބުނުމަކީ ކޮށްއުޅޭ ނުރައްކާތެރިކަމެއް ކަމުގައި މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެއްޖެއެވެ.

"މާތް ﷲގެ ވަލިއްޔުން" މި މައުޟޫއަށް ޚާއްސަކުރެވުނު މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވީ އެއަށްވުރެ ނުރައްކާތެރިކަމަކީ އެ ޒިޔާރަތްތަކުގައި ފަސްތާނު ލެވިފައިވާ މީސްމީހުންގެ ކިބައިން ކަންކަމަށް އެދި ދެންނެވުން ކަމުގައެވެ. އަދި އެއީ ކަނޑައެޅިގެން ހުރި ޝިރުކުގެ އަމަލެއް ކަމުގައިވެސް މިއަދު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

މިވެނި ކަމެއް ވެއްޖެއްޔާ އެވެނި ޒިޔާރަތަކަށް ދިދަ ހަދިޔާކުރާން ނަދުރު ބުނުމާއި، ބައެއް ޒިޔާރަތްތައް ހުންނަ ރަށްރަށުގައި ކުޑަކުދިން ދޮންކެއޮ ނުވަތަ ކަންޖާ އަޅާ ކިރުމާއި، އެ ތަކެތި ޒިޔާރަތުގެ ނަމުގައި ހަދިޔާ ކުރުމާއި، އެ ތަންތަން ބަލަހައްޓާ ފަރާތްތަކުން، އެތަންތަނަށް އަންނަ މީހުންގެ އަތުން އެކިއެކި ނަންނަމުގައި ފައިސާއާއި ތަކެތި ނަގައި އުޅުމަކީ މިރާއްޖޭގައިވެސް ކޮށް އުޅޭ ޝިރުކުގެ ޢަމަލުތަކެވެ.

މިއަދުގެ ހުކުރު ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޠުބާގައި އިތުރަށް ވިދާޅުވީ މިއީ ތައުހީދުގެ އަހުލުވެރިން ކޮށްގެންވާނޭ ކަންކަމެއް ނޫން ކަމަށާއި، މިފަދަ އަމަލުތަކަކީ މާތްﷲ ފިޔަވައި، ބުދަށް އަޅުކަންކުރާ މީހުންގެ ޢަމަލުތަކާ އެއްގޮތް ޢަމަލުތަކެއް ކަމުގައެވެ. އަދި މިއީ ތައުބާނުވެ މަރުވެއްޖެނަމަ ނުފުއްސަވާނޭ ފާފައެއް ކަމުގައިވެސް ޚުޠުބާގައި ވިދާޅުވެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ