ޕީޕަލްސް ނެޝަނަލް ފްރޮންޓްގެ ރައީސް ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީނު ކުރިމަތިލެއްވުމާ އެކު، އެ މަނިކުފާނާ ވާދަކުރާ އެހެން ބޭފުޅަކު ނެތި އެ މަގާމު އެމަނިކުފާނަށް އިންތިޚާބަކާ ނުލާ ލިބިއްޖެއެވެ. ޕާޓީގެ އެތެރޭގެ އިންތިހާބުގައި ރައީސް އަދި ދެ ނައިބު ރައީސުންނާއި، ސެކްރެޓަރީ ޖެނެރަލް، ރަޖިސްޓެރާއާއި ދަށު މަގާމުތަކުގައި 14 ކައުންސިލް މެމްބަރުން ހިމެނޭ ގޮތަށް ޖުމްލަ 20 މަގާމަކަށް އިންތިހާބު ބާއްވަން ހަމަޖެހިފައިވެއެވެ.
ކުރީގެ ޓެކްނޮލޮޖީ މިނިސްޓަރު މުހައްމަދު މަލީހު ޖަމާލް އެކްސްގައި ހާމަކުރެއްވި ގޮތުގައި މިއަދު ހަވީރު 6:00 އަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވިއިރު، މި މަގާމުތަކަށް 55 ބޭފުޅުން ކުރިމަތިލާފައިވެއެވެ. ޕީއެންއެފް އިން ހާމަކޮށްފައިވާ ގޮތުގައި މި އިންތިހާބުތައް ބާއްވަން ހަމަޖެހިފައިވަނީ މި މަހުގެ 30 ވަނަ ދުވަހުގެ ރޭ ބާއްވާ ގައުމީ ޖަލްސާގައެވެ.
ކޮމެންޓު ފޮނުވާ