ޤަވާއިދާ ޚިލާފަށް އުޅުނު 10 ބިދޭސީއަކު ހައްޔަރުކޮށްފި

ޤަވާއިދާ ޚިލާފަށް އުޅުނު 10 ބިދޭސީއަކު ހައްޔަރުކޮށްފި

Author
ޙަސަން މުޙައްމަދު
23 އޮކްޓޯބަރ 2025 08:43
0

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅެމުންދިޔަ 10 ބިދޭސީއަކު އިމިގްރޭޝަނުން ވަނީ ހައްޔަރުކޮށްފައެވެ. ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް އުފައްދާފައިވާ "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އިން ހިންގި ރެއިޑު އޮޕަރޭޝަނުގައި 5 ބިދޭސީއެއް ހުޅުމާލެ ފޭސް 1 ރުއްގަނޑު ސަރަހައްދުން ހައްޔަރުކޮށްފައިވާކަމަށް އިމިގްރޭޝަނުން ބުނެފައިވެއެވެ.

މި އޮޕަރޭޝަންތަކުގައި އާންމުކޮށް ފާހަގަވަނީ މުއްދަތު ހަމަނުވާ ވިޒާ އޮތް ނަމަވެސް ހުއްދަ ދޫކޮށްފައިވާ މަސައްކަތްތަކާ ޚިލާފަށް ނުވަތަ އެހެން ތަންތަނުގައި މަސައްކަތްކުރާ ބިދޭސީންނެވެ. ސަރުކާރުން ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމުގެ މަސައްކަތް ފަށާފައިވާއިރު، "އޯޕަން ވިޒާ"ގެ ނަމުގައި މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާކަން އިމިގްރޭޝަނުން ފާހަގަކުރެއެވެ.

ވަޒީފާދޫކޮށްފައިވާ ތަނަށްވުރެ އެހެން ތަންތަނުގައި މަސައްކަތްކޮށްގެންނާއި އަމިއްލަ ވިޔަފާރިތަކުން ބޮޑެތި މާލީ މަންފާތައް ބިދޭސީން ހޯދަމުންދާކަން ފާހަގަވެފައިވާ ކަމަށް އިމިގްރޭޝަނުން ބުނެއެވެ. އެހެންކަމުން ބިދޭސީ މަސައްކަތްތެރިންނާއި ވަޒީފާދޭ ފަރާތްތަކާއި އާންމު ރައްޔިތުން ޒިންމާދާރުވުމަށް އިމިގްރޭޝަނުން އިލްތިމާސްކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.