ގާޒީ ހުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކޮށްފި

ގާޒީ ހުސައިން ފާއިޒް ރަޝާދު ސަސްޕެންޑްކޮށްފި

Author
އަހުމަދު
23 އޮކްޓޯބަރ 2025 10:19
0

ޖުޑީޝަލް ސާވިސް ކޮމިޝަނުން ކްރިމިނަލް ކޯޓުގެ ގާޒީ ހުސައިން ފާއިޒް ރަޝާދު އިއްޔެ ސަސްޕެންޑް ކޮށްފިއެވެ. މިއީ ޖޭއެސްސީން ބަލަމުން އަންނަ ދެ ބޮޑު މައްސަލައާ ގުޅިގެން އެޅި ފިޔަވަޅެކެވެ.

ފާއިޒް ސަސްޕެންޑްކުރީ މަސްތުވާތަކެތީގެ ބޮޑު ކަމަށްވާ ސ. ހިތަދޫ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި، މޭރީ ގްރޭސް މަރުގެ މައްސަލައިގައި ހަލީމަތު ލަމްހާގެ ބަންދާ ގުޅޭ ގޮތުން ޖޭއެސްސީއަށް ހުށަހެޅި ޝަކުވާތަކުގެ ސަބަބުންނެވެ. އީރާނު ބޯޓަކުން 70 ކިލޯ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގެ މޭސްތިރިޔާ ކަމަށް ތުހުމަތުވާ އަންވަރު މިދިޔަ ހަފުތާގައި ހައްޔަރުކޮށް ކޯޓަށް ހާޒިރުކުރުމުން ގާޒީ ފާއިޒް ވަނީ ފުލުހުން އިޖުރާއީ ގޯސްތަކެއް ހަދާފައިވާ ކަމަށް ބުނެ ޝަރުތަކާ ނުލައި އޭނާ ދޫކޮށްލައިފައެވެ. އެއަށްފަހު އަންވަރު ލަންކާއަށް ފުރައިގެން ގޮސް ޑީޕޯޓުކުރުމަށްފަހު އަނެއްކާވެސް ހައްޔަރުކޮށްފައިވެއެވެ.

ލަމްހާގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހުށަހެޅުމުން ގާޒީ ފާއިޒް ވިދާޅުވީ މުޖުތަމައަށް އޮތް ނުރައްކަލެއް ދެނެގަތުމަށް އެސެސްމަންޓެއް ހެދުމަށްފަހުގައި ނިންމޭނެ ކަމަށާއި، އެކަން ދައުލަތަށް އެންގި ނަމަވެސް އެ އެސެސްމަންޓް ހަދާފައިނުވާ ކަމަށެވެ. މީގެ ކުރީން 2021 ވަނަ އަހަރުގެ ނޮވެމްބަރުގައި ވެސް ފާއިޒް ސަސްޕެންޑް ކުރީ ކުރީގެ ރައީސް ޔާމީންގެ މައްސަލަ ބައްލަވާ ގާޒީން "ރަހީނު" ކޮށްގެން ކަމަށް ބުނާ އޯޑިއޯއެއް ލީކުވުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.