އައްޑޫ ސިޓީގައި ދިމާވެފައިވާ ކަރަންޓުގެ ނުރައްކާތެރި މައްސަލަ ހައްލުކުރުމުގެ ގޮތުން 1.6 މެގަވޮޓްގެ ޖަނަރޭޓަރެއް ހިފައިގެން ދިޔަ އުޅަނދު ފޭދޫއަށް ބަނދަރު ކޮށްފިއެވެ. ފެނަކަ ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި މި ޖަނަރޭޓަރު ބޭލުމުގެ މަސައްކަތް މިއަދު ހެނދުނަށް ތާވަލްކޮށްފައިވެ އެވެ.
މީގެ އިތުރުން އައްޑުއަށް 1.8 މެގަވޮޓްގެ ދެ ޖަނަރޭޓަރު ފޮނުވުމަށް ވެސް ފެނަކައިން ނިންމާފައިވެ އެވެ. މެދުނުކެނޑި ކަރަންޓު ދިނުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން އިތުރު ޖެނެރޭޓަރުތައް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ބުންޏެވެ. އައްޑޫގެ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ވެސް މަސައްކަތް ކުރަމުންދާ ކަމަށް ފެނަކައިން ހާމަކުރި އެވެ.
ކޮމެންޓު ފޮނުވާ