އައްޑޫ ސިޓީ ހިތަދޫގައި ދެމަފިރިން މަރުވެފައި އޮއްވައި ފެނުނު މައްސަލައިގައި މިހާތަނަށް ތުހުމަތު ކުރެވޭ ކަމެއް ފާހަގަ ނުވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ. މަރުވެފައި އޮއްވައި ފެނުނީ ކުރޭނުގެ އިބްރާހީމް އަބްދުﷲ (60އ) އާއި ނާރެސްގެ ފަރަހަނާޒް ރަޝީދު (52އ) އެވެ.
ހިތަދޫގެ ޓޫރިޒަމް ޒޯނުގައި އިމާރާތްކޮށްފައިވާ އެ ދެމަފިރިންގެ ގެއަށް އެ މީހުން ބަދަލުވެފައިވަނީ ގާތްގަނޑަކަށް ތިން ދުވަސް ކުރިންނެވެ. އެ ދެމަފިރިންގެ ޚަބަރެއް ނުވެގެން މިއަދު ޓިނު ނަގައިގެން ގެޔަށް ވަދެވުމުން އެ ދެ މީހުން މަރުވެފައި އޮއްވާ ފެނުނު ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެ ދެ މީހުން ވަނީ އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ