ލ. ގަމުގެ އުތުރު ފަރާތުގައި އައު ބަނދަރެއް ތަރައްގީ ކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއި ކޮށްފިއެވެ. މި އެއްބަސްވުމުގައި ސޮއިކުރެއްވީ ލ. އަތޮޅަށް ރައީސް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ގަމު ރައްޔިތުންނާ ބައްދަލުކުރެއްވި ރަސްމިއްޔާތުގައެވެ.
މި އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާ ބިނާއަދި ބިން ހިންގުމުގެ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑައިރެކްޓަރު އަހުމަދު ސައުދީއެވެ.
ރައީސް ވިދާޅުވީ މި މަޝްރޫއަކީ ބަނދަރަކަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ރައްޔިތުންނަށް ވަރަށް މުހިންމު ތަރައްގީގެ މަޝްރޫއެއް ކަމަށެވެ. ގަމުގެ އިރުއުތުރު ފަރާތުގައި ބަނދަރު ހަދާނީ ވައުދުވެވަޑައިގަތް ގޮތަށް ކަމުގެ ޔަގީންކަން ރައީސް މި ރަސްމިއްޔާތުގައި ރައްޔިތުންނަށް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ