ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

ގޭގެ ނަންބޯޑު ފެންނަގޮތަށް ހަރުކުރަން މާލޭ ސިޓީ ކައުންސިލުން އަންގައިފި

Author
ހުސައިން
19 އޮކްޓޯބަރ 2025 10:36
0

މާލެއާއި ވިލިމާލޭގެ ހުރިހާ ގޭގޭގެ ނަންބޯޑު އާއްމުކޮށް ފެންނަގޮތަށް އިމާރާތުގެ ބޭރުގައި ހަރުކުރުމަށް މާލެ ސިޓީ ކައުންސިލުން މިރޭ އަންގައިފިއެވެ.

ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ ރަސްމީ ބޭނުންތަކުގައި ގެތަކަށް ޒިޔާރަތްކުރާއިރު ނަންބޯޑު ހަރުކޮށްފައި ނެތުމުގެ ސަބަބުން ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށެވެ. ބައެއް ގެތަކުގައި މިހާރު ނަންބޯޑު ފެންނަގޮތަށް ހަރުކޮށްފައި ނުހުންނަކަން ފާހަގަކުރެވިފައިވާތީ މިކަން ހައްލުކުރުމަށް މިއަދުން ފެށިގެން ހުރިހާ ގޭގޭގައި ނަންބޯޑު ބެހެއްޓުމަށް އަންގާ ކަމަށް ކައުންސިލުން ބުނެއެވެ. ކައުންސިލުން ފޯރުކޮށްދޭ ރަސްމީ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މިކަން މުހިއްމު ކަމަށާއި މިހެންވުމުން އާއްމު ރައްޔިތުންނަށްވެސް ފަސޭހަވާނެ ކަމަށް ކައުންސިލުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.