އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ޝަރުތުކޮށް ދޫކޮށްލައިފި

އެމްޑީޕީ މުޒާހަރާއިން ހައްޔަރުކުރި މީހުން ޝަރުތުކޮށް ދޫކޮށްލައިފި

Author
ހުސައިން
19 އޮކްޓޯބަރ 2025 03:19
0

އެމްޑީޕީން ދެމަސް ދުވަހަށްވުރެ ގިނަ ދުވަހުގެ ކެމްޕެއިނަކަށްފަހު އޮކްޓޯބަރު 3 ގައި ކުރިއަށްގެންދިޔަ "ލޫޓުވާލައިފި" މުޒާހަރާއިން ފުލުހުން ހައްޔަރުކުރި ހުރިހާ މީހުން މިހާރު ވަނީ ޝަރުތުކޮށް ދޫކޮށްލައިފައެވެ.

އާޓިފިޝަލް ބީޗުން ފެށި މި މުޒާހަރާ އަމީނީ މަގުން ކުރިއަށްގެންދިއުމަށް ފުލުހުންނާއެކު އެއްބަސްވިނަމަވެސް، އެމްޑީޕީން މަސައްކަތްކުރީ މަޖީދީ މަގުން ކުރިއަށްދިއުމަށެވެ. ފުލުހުން ޝީލްޑުތަކާއި ބެރިކޭޑުތައް ބޭނުންކޮށްގެން މަގު ބަންދުކޮށްލުމާއެކު މުޒާހަރާ ހޫނުވެ، ޕެޕާ ސްޕްރޭ ވެސް ބޭނުންކުރަން ޖެހުނެވެ. ހަމަނުޖެހުންތަކުގައި އެމްޑީޕީގެ އިސް ހަރަކާތްތެރިންނާއި ޕާޓީގެ މެމްބަރުން ހައްޔަރުކުރިއެވެ. މި މުޒާހަރާއަށްފަހު އެމްޑީޕީގެ ގައުމީ މަޖިލީހުން އަނެއްކާވެސް ނޮވެމްބަރު 17 ގައި މުޒާހަރާއެއް ކުރިއަށްގެންދިއުމަށް ވަނީ ފާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.