ބަންޑުވި ލޭންޑިން ކްރާފްޓުން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާ ދަނިކޮށް ފެނިއްޖެ

ބަންޑުވި ލޭންޑިން ކްރާފްޓުން ގެއްލުނު ތިންވަނަ މީހާގެ ހަށިގަނޑު އޮޔާ ދަނިކޮށް ފެނިއްޖެ

Author
ޙަސަން މުޙައްމަދު
19 އޮކްޓޯބަރ 2025 11:55
0

ރީތިރަށް ރިސޯޓަށް ދަމުން ކަނޑުގެ ތެރޭގައި ބަންޑުން ޖެހިގެން ގެއްލުނު ތިން މީހުންގެ ހަށިގަނޑު ހޯދައި ނަގާފައިވާ ކަމަށް އެމްއެންޑީއެފުން މިއަދު ހާމަކޮށްފިއެވެ. ހަށިގަނޑު ފެނިފައިވަނީ މާލެ އަތޮޅު އާއިލާފުށި އާއި ވިލާ ނޮޓިކާއާ ދެމެދު ސަރަހައްދުގައި ރޭގެ ވަގުތެއްގައި އޮޔާދަނިކޮށެވެ.

މާލެއިން ފުރައިގެން އެރިޔަދޫއަށް ދަތުރު ކުރަމުން ދިޔަ "އަލްމާކް-ފިޔަ" ނަމަކަށް ކިޔާ 100 ފޫޓުގެ ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލުމާ ގުޅިގެން އެމްއެންޑީއެފް ކޯސްޓްގާޑް ސެކަންޑް ސްކޮޑްރަންގެ ފަރާތުން ފަށާފައިވާ ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަނުގައި ކުރިން ދެމީހެއްގެ ހަށިގަނޑު ކަނޑުގެ އަޑިން ނަގާފައިވެއެވެ. މި ހާދިސާގައި ބަންޑުވި ލޭންޑިން ކްރާފްޓް މުޅިން އަޑިއަށް ގޮސްފައިވާއިރު، މި ހާދިސާއާ ބެހޭ ގޮތުން ކަމާބެހޭ އިދާރާތަކުން އިތުރު ތަހުގީގުތައް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.