ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ޕީއެންއެފްގެ ރައީސްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

Author
ހުސައިން
19 އޮކްޓޯބަރ 2025 09:23
0

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްވެ ހުންނަވައިގެން އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އިން ޕާޓީގެ ރައީސް ކަމާއި އެހެނިހެން އިސް މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މި މަހުގެ 30 ވަނަ ދުވަހު ބާއްވާ ޕާޓީގެ ގައުމީ ޖަލްސާގައި ދާއިމީ މަގާމުތަކަށް މެމްބަރުން އިންތިހާބުކުރުމަށް ހަމަޖެހިފައިވާކަން ޕީއެންއެފުން ހާމަކުރެއްވިއެވެ. މި މަހުގެ 23 ވަނަ ދުވަހުގެ އިރުއޮއްސި 6 ޖެހުމާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާއިރު، އިންތިހާބު ކުރާ މަގާމުތަކުގެ ތެރޭގައި ރައީސް، ދެ ނައިބު ރައީސް، ސެކްރެޓަރީ ޖެނެރަލް، ރަޖިސްޓްރާ، ހަޒާންދާރު އަދި 14 ސެނެޓް މެންބަރުންގެ މަގާމުތައް ހިމެނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ޕީއެންއެފް ރަޖިސްޓަރީކޮށްދިނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 25 ވަނަ ދުވަހުއެވެ. ޕީއެންއެފް ފުރަތަމަ އުފެއްދީ ރައީސް ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީންގެ ނަމުގައި ކަމުގައިވިޔަސް، މިހާރު ޕާޓީގެ އޮފީސް ހުންނަނީ ރައީސް ޔާމީންގެ ގެކޮޅުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.