ކ. ތިލަފުށީ ފަޅުން ސްޕީޑް ލޯންޗެއް ވަގަށްނަގައި ގެއްލުންދިނުމުގެ ތުހުމަތުގައި ށ. ފޯކައިދޫގެ ދެ ފިރިހެނަކު ހައްޔަރުކޮށްފިއެވެ. ހައްޔަރުކޮށްފައިވަނީ ޗަނބޭލީގޭ ހަސަން ރަޝީދު އަހްމަދު އަދި ޝިއުމާމަންޒިލް އިބްރާހީމް މަމްދޫހެވެ. ފުލުހުން ބުނީ އެ ދެ މީހުން ތިލަފުށީ ފަޅުގައި އޮތް ލޯންޗެއް ވަގަށްނަގައި، އެ ލޯންޗަށް ގެއްލުންދީ، އިންޖީނުގެ ގިއަރެއް ވަގަށްނެގި ކަމުގެ ތުހުމަތު އެ ދެ މީހުންނަށް ކުރެވޭ ކަމަށެވެ. އެ ދެ މީހުންވެސް މި ތުހުމަތުތަކަށް އިއުތިރާފުވެފައިވާކަމަށް ބަންދު އަމުރުގައި ބަޔާންކޮށްފައިވެއެވެ. ކޯޓުން ވަނީ އެ ދެ މީހުންގެ ބަންދަށް ފަސް ދުވަސް ހުކުމްކޮށްފައެވެ. އެ ދެ މީހުންނަކީ ކުރީން ބަންދު ރިކޯޑެއް ނެތް ބައެއްކަމަށް ކޯޓުން ބުނެފައިވެއެވެ. ގާޒީ ސޮފްވަތު ހަބީބު ވިދާޅުވީ ތަހުގީގު މަރުހަލާގައި އިއުތިރާފުގެ އެއްބަސްވުމެއް ނުވަތަ ނަސޭހަތުގެ އެއްބަސްވުމެއް ހެދުމުގެ ފުރުސަތު ދެ މީހުންނަށްވެސް ލިބިގެންވާ ކަމަށެވެ.
ކޮމެންޓު ފޮނުވާ